މަސައްކަތް
ނަންބަރު: (IUL)426-AA/426/2019/124
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 05 މޭ 2019 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ ހިތަދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 28 އެޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 05 މޭ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި، އަވަށުއޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް 07 މޭ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 12 މޭ 2019 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ ހޯލުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 29 އެޕްރީލް 2019 ވާ ހޯމަ ދުވަހުން ފެށިގެން 08 މޭ 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

20 ޝަޢުބާން 1440

25 އޭޕްރިލް 2019