ދިވެހިރާއްޖެ
އިޢުލާން
1440 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޘުކޮށް ތަރާވީޙް ނަމާދުކޮށްދިނުމަށް ވަޑައިގަންނަވާ ޙާފިޘުގެ ކަންކަން އިންތިޒާމް ކުރުން.
1440 ވަނަ އަހަރު (މިއަހަރު) ރަމަޟާން މަހު މިރަށު "މަސްޖިދުލް ސަލާމް" މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޘަށް ތިރީގައިވާ އިންތިޒާމްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- 1. ޙާފިޘު ރަށުގައި ހުންނަ ދުވަސްތަކަށް ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އެރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
ނޯޓް: ރަމަޟާން މަހު ފަރިއްކޮޅު އަރުވާނީ ޢާއްމުކޮށް ދިވެހިންވެސް ކައިއުޅޭ ގަޑިތައް ކަމުގައިވާ ރޯދަ ވީއްލުމާއި ތަރާވީސްދަމު އަދި ހާރުދަމުއެވެ. ރަމަޟާން މަސްފިޔަވައި އެހެނިހެން ދުވަސްތަކުގައި، ހެނދުނު ސައި، މެންދުރުކެއުން، ހަވީރު ސައި، ރޭގަނޑު ކެއުން ހަމަޖައްސާ ދޭންވާނެއެވެ.)
2.ޙާފިޘުގެ ހުރުމުގެ އިންތިޒާމް ހަމަޖެއްސުން ( ހުރުމުގެ އިންތިޒާމް ހަމަޖެއްސާނީ އޭސީ ހުރި އެޓޭޗް ފާޚާނާއާއެކު ހުރި ކޮޓަރިއެއްގައެވެ.)
3. ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
މަތީގައި ދެންނެވިފައިވާ އިންތިޒާމްތައް އެއްގެއަކުން ހަމަޖެއްސެއް އޮތްނަމަ، އެއްގެއަކުން ހަމަޖެހިގެން ދިއުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
4.މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
އަގު |
%90 |
|
(Benchmark price / Submitted price) x Allocated percentage |
ތަޖުރިބާ |
|
(Submitted experience / Benchmark years) x Allocated percentage |
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6580015 ފޯނަށް ގުޅުއްވުން އެދެމެވެ.
20 ޝަޢްބާން 1440