މަސައްކަތް
ނަންބަރު: (IUL)438-AU/1/2019/22
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 08 މޭ 2019 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސްޓޮކަށް ބޭނުންވާ، ތިރީގައިވާ ތަކެތި މި މިނިސްޓްރީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސްޓޮކަށް ބޭނުންވާ، ތިރީގައިވާ ތަކެތި މި މިނިސްޓްރީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސްޓޮކަށް ބޭނުންވާ، ތިރީގައިވާ ތަކެތި މި މިނިސްޓްރީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ  2019  މޭ 8 ވަނަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.

25 އޭޕްރިލް 2019