ދިވެހިރާއްޖެ
c
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2019/11
އިޢުލާން
ސުކޫލު ވަށާފާރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލުގެ ވަށާފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް 04 މާރޗް 2019ގައި ކުރި އިޢުލާން (އިޢުލާން ނަންބަރ GS125/IUL/2019/09 ) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތަކުން އަންދާސީހިސާބު ހުށައަޅަފައިވަނީ މަޢުލޫމާތު ސައްހަ އެންމެ އަންދާސީ ހިސާބެއްކަމުން، ސުކޫލު ވަށާފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
1. މިސްކޫލުގެ ވަށާފާރުގައި ކުލަލުން
މިސްކޫލުގެ ވަށާފާރުގައި އަމިއްލަތަކެތީގައި ކުލަލައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.
މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
މިމަސެއްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 15 މެއި 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00 ގައި މި ސްކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސެއްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
19 ޝައުބާން 1440
24 އެޕްރީލް 2019