ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން މަސައްކަތު މީހުން ނެގުމާގުޅޭ:
މަޤާމް : |
އިމާމު / މުދިމް |
ބޭނުންވާ ޢަދަދު : |
01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން) |
މަޤާމުގެ ގިންތި: |
ވަގުތީ (ކޮންޓްރެކްޓް މުއްދަތު: 3 މަސް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން : |
ދ.ކުޑަހުވަދޫ މިސްކިތްތައް - ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ |
އުޖޫރަދެވޭގަތް: |
މުދިމް ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ. ޝަރުތު ހަމަވާ( ރީއްޗަށް ޤުރުއާން ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.) އިމާމް ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (އިމާމް ކަމުގެ ޝަރުތު ހަމަވާނަމަ) |
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެ ޙުލާޞާ: |
1- ފަރުޟު ފަސްނަނާދު ކޮންމެނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނެޓްކުރިން މިސްކިތައްގޮސް މިސްކިތުގެ ކަންތައްތައްބަލާ ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދު ކުރުމާއި ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުން (ވަޒީފާއަށް ނުކުންނަވާ ޙާޟިރީގައި ސޮއިކުރާފަހުން ކަމެއްދިމާވެގެން މިސްކިތަށް ނުދެވޭފަދަ ގޮތެއް ވެއްޖެނަމަ އަމިއްލައަށް އެކަން ކުރެވޭފަދަ ކަމަށް އެކަށިގެންވާ ބޭފުޅަކު ލައްވާ އެދުވަހެއްގެ މިސްކިތު ބަންގިގޮވުމާ އިމާމްވެ ނަމާދު ކުރެވޭނެގޮތް ހެދުމަކީ އިމާމްގެ ޒިންމާއެކެވެ. 2 - ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެމަތިން ޖަނާޒާގެ ކަންކަން ކުރުން 3 ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެމަތިން ހުކުރުނަމާދާއި ، ކޭތަނަމާދާއި، ޢީދުނަމާދު ފަދަ ނަމާދު އިމާމުވެ ކުރުން. 4 މިސްކިތު މަސައްކަތުމީހާ ޙަޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/މުދިމު މިސްކިތުގެ ތެރެސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި،ހޮޅިބުރިއާއި ފަންކާ ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން. 5 -މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަންނިމެންދެން މިސްކިތުގައި މަޑުކުރުން. 6 މިސްކިތުގެ ސާފުތާހިރުކަން ހުރިނެތްގޮތްބަލާ މަސައްކަތުމީހުންލައްވާ ކުރަންޖެހޭ މަސައްކަތްކުރުވުމާ މިސްކިތާގުޅޭގޮތުން ކުރާ ޝަކްވާތަށް ރިޕޯޓްކުރުމާ ސައުންޑް، ދިއްލުން ،ފަންކާ ފަދަ އެއްޗެއްހަލާކުވެފައިވާނަމަ އެކަން އެންގުން 7 – ރަށުކައުންސިލުން އަންގާ މަޤާމާގުޅޭ އެންމެހާ މަސައްކަތްތަށް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް : |
1- ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން 2- ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން 3- އިމާމް ކަމުގެ ޝަރުތު ހަމަވާ ފަރާތެއްހުށަހަޅައިފިނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ |
މަޤާމަށްއެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 02 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، info.[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 މެއި 03 އާއި 2019 މެއި 05 އާ ދެމެދު، މަލްޓިޕާޕަސްގެ ބިލްޑިންގ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760522 ނަންބަރު ފޯނާއެވެ.
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ޝައުބާން 1440 ހ.