ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ޤައުމީ ދާރުލްއާސާރު ހޯލުގެ ސީލިން ލައިޓު އަދި ތަނބުތަކުގެ ލައިޓު އަމިއްލަ ތަކެތީގައި ބަދަލުކޮށް އަދި ހަރުކޮށްދޭނެ ފަރާތެއް ހޯދަން މިޑިޕާޓްމަންޓުން ކުރި ނަންބަރު 8 (IUL)222-AH/INDIV/2019/(04 އެޕްރީލް 2019) އިޢުލާނަށް ހުށަހަޅާފައިވާ އަންދަސީ ހިސާބުތަކުގެ ލިޔުންތައް ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
ހޯމަ |
29 އޭޕްރީލް 2019 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
އާދިއްތަ |
5 މޭ 2019 |
11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ޝަޢުބާން 1440
23 އެޕްރީލް 2019