ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A/1/2014/4
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 17:43
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ފޮޓޯކޮޕީ ދޫކުރުމާ ބެހޭ

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ފޮޓޯކޮޕީ ބޭނުންވާ ފަރާތްތަކަށް މިއޮފީހުން ފޮޓޯކޮޕީ ދޫކުރުމަށް ހަމަޖެހިފައިވަނީ، ފޮޓޯކޮޕީ ހަދާ ކޮންމެ ސަފުހާއަކަށް -/1 (އެކެއް) ރުފިޔާގެ ރޭޓުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި، ގަވާއިދުތަކުގެ ކޮޕީ މިއޮފީހުން ބަލަހައްޓަމުންގެންދާ ވެބްސައިޓް www.mvlaw.gov.mv އިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

03 ރަބީޢުލްއާޚިރު 1435

03 ފެބުރުވަރީ 2014