ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2019/52
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 02 މޭ 2019 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

މަޤާމު:

ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

ރޭންކު:

CSC5-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން:

ރެކްރޫޓްމަންޓް

މުސާރަ:

މަހަކު -/9890 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3461.5 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ޕޮލިސީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ޕޮލިސީގެ ދާއިރާއިންދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓްގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްޝަނުގެ ވެރިޔާ ޗުއްޓީގައި ހުންނަ މުއްދަތު ސެކްޝަނުގެ ހުރިހާ މަސައްކަތެއް ބެލެހެއްޓުން.
  2. ރެކްރޫޓްމަންޓްގެ މުވައްޒަފުންގެ ހާޒިރީ، ޗުއްޓީ އަދި އެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ބެލުން.
  3. ސިވިލް ސަރވިސްގެ އިދާރާތަކުން އިސްލާހުކުރަންޖެހޭ ކަންތައްތައް އިދާރާތަކަށާއި ކޮމިޝަނުގެ ކަމާބެހޭ ސެކްޝަން/ޔުނިޓުތަކަށް އެންގުން
  4. ސިވިލް ސަރވިސްގެ ވަޒީފާގެ ވަޒީފާގެ މައްސަލަތަކުގެ ތެރެއިން ޢަމަލުކުރާނެގޮތް ސާފުކޮށް ދިނުމަށް އެދި ރެކްރޫޓްމަންޓްގެ މުވައްޒަފުން ގެންނަ މައްސަލަތައް ނިންމަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، މައްސަލަތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ އެމައްސަލަތައް ނިންމައި، އިދާރާތަކަށް ޖަވާބު ދެވެންދެން އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  5. ސިވިލް ސަރވިސްގެ އިދާރާތަކުން އަދި އަމިއްލަ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި ހުށަހަޅާ ވަޒީފާއާގުޅޭ މައްސަލަތަކުގެ ތެރެއިން ޢަމަލުކުރާނެގޮތް ސާފުކޮށް ދިނުމަށް އެދި ރެކްރޫޓްމަންޓްގެ މުވައްޒަފުން ގެންނަ މައްސަލަތައް ނިންމަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، މައްސަލަތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ އެމައްސަލަތައް ނިންމައި، އިދާރާތަކަށް ޖަވާބު ދެވެންދެން އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  6. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕޯސްޓް އެމްޕްލޯއިމަންޓްގައި ފާހަގަ ކުރެވޭ އާންމު ކަންތައްތަކާ އެކަންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް/އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެކަންތައްތައް ގެނައުން.
  7. ސިވިލް ސަރވިސްގެ އިދާރާތަކުން އަދި އަމިއްލަ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި ހުށަހަޅާ ވަޒީފާއާގުޅޭ މައްސަލަތަކުގެ ތެރެއިން ޢަމަލުކުރާނެގޮތް ކަނޑައެޅިފައިވާ ނުވާ މައްސަލަތައް ކޮމިޝަނަށް ހުށައަޅާ، އެމައްސަލަތައް ކޮމިޝަނުން އަންގަވާ ގޮތެއްގެ މަތިން މުވައްޒަފުން ލައްވާ ކުރުވާ އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  8. ސިވިލް ސަރވިސްގެ އިދާރާތަކުގެ ރެކްރޫޓްމަންޓްގައި އިހުމާލުވާ ކަންކަން ބަލައި އެކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް ނުވަތަ އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރުން.
  9. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އެމައްސަލަތައް  މުވައްޒަފުން ލައްވާ ނިންމާ އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  10. ސިވިލް ސަރވިސްގެ ވަޒީފާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ ކަންތައްތައް މުވައްޒަފުން ލައްވާ ކުރުވާ އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  11. ސިވިލް ސަރވިސްގެ މަގާމުތައް ރިޒާވްކުރުމާ،  ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށް ދިނުމާއި، ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން ވަކިކޮށް ދިނުމާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް މުވައްޒަފުން ލައްވާ ކުރުވާ އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  12. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  13. ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ސިވިލް ސަރވިސްގައި ނުހިމެނޭ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅޭ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަން އެންގުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްކޮށް  އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  14. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑުއެކުލަވާލުމާއި ގުޅިގެން މުވައްޒަފުންގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި "ސީއެސް ވިއުގަ 2.0" އިން އެޕްރޫވްކުރުން އަދި އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  16. ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އެންގުމުން އިދާރާތަކުގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެބަދަލުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެޕްރޫވްކުރުން އަދި އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން. 
  17. ވަޒީފާއާބެހޭ ޓްރައިބިޔުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާއި ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވާ އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  18. "ސީއެސް ވިއުގަ 2.0" ގެ ތެރެއިން ހުށަހަޅާ މައްސަލަތައް ނިންމާއި،  މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކުރުން އަދި އެކްސެސް ދެވިފައިނުވާ އިދާރާތަކުން ނިންމާ ވަޒީފާގެ މައްސަލަތަކުގެ މައުލޫމާތު "ސީއެސް ވިއުގަ 2.0" އަށް މުވައްޒަފުން ލައްވާ އަޕްޑޭޓްކޮށް އެމަސައްކަތް ކުރިއަށްދާ ގޮތް ސުޕަވައިޒްކުރުން.
  19. ވަޒީފާއާ ގުޅޭގޮތުން ހުށަހަޅާފައިވާ ބައެއް މައްސަލަތައް ނިންމަން ޖަހާ ލިޔުންތައް ތައްޔާރުކޮށް، ޗެކްކޮށް ސޮއިކުރުމާއި، ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔުންތައް ޗެކްކޮށް ސޮއިކުރުން
  20. ވަޒީފާއާ ގުޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރާނެ އުސޫލު ސާފުކޮށް ދިނުމަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާ ވަޒީފާއާ ގުޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރާނެ އުސޫލު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅަކު ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ޤަވާއިދާ އެއްގޮތްވާގޮތައް ސާފުކޮށްދިނުން.
  21. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އިދާރާތަކުން އިތުރަށް މަޢުލޫމާތު ސާފުކުރަން ހުށަހަޅާ ކަންތައްތައް ސާފުކޮށްދިނުމާއި ޖަވާބުދާރީވުން.
  22. ވަޒީފާގެ މައްސަލަތަކާ ގުޅޭ ގޮތުން ސަޕޯޓަށް އަންނަ މައްސަލަތައް މުވައްޒަފުން ލައްވާ ނިންމުން.
  23. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  24. ސެކްޝަނުންކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  25. ކޮމިޝަންގެ އިދާރާގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  26. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2019 މޭ 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ  ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 65)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޤާނޫނާއި ގަވާއިދު ޓެސްޓް - 10 އިންސައްތަ
    • ހިންގުމުގެ ހުނަރު ޓެސްޓް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

ޝޯޓްލިސްޓު ކުރުން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ އަދަދު 10 އަކަށް ވުރެ އިތުރުވެއްޖެނަމަ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ލިބިފައިވާ ހުނަރަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2019 މޭ 3 އާއި 2019 މޭ 30 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

18 ޝަޢުބާން 1440ހ

23 އެޕްރީލު 2019މ

23 އޭޕްރިލް 2019