ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2014/20
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 17:39
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ، ހުޅުމާލެ، ވިލިނގިލީ އަވަށުގައި ގެސްޓުހައުސް ހިންގާ ފަރާތްތަކުގެ ސަމާލުކަމަށް

ދިވެހި ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމު ޤައުމެއްކަމަށްވުމާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވެސް ދިވެހިންގެ ދީނަކީ އިސްލާމް ދީންކަމަށް ބަޔާންކޮށްފައިވާހިނދު، މިހާރަކަށް އައިސް ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން މާލެ، ހުޅުމާލެ، ވިލިނިގިލީ އަވަށުގެ މަގުތަކުގައާއި، އަތިރިމަތީގައި ބިކިނީ ލައިގެން ހިނގާބިނގާވާ މަންޒަރު ދަނީ ފެންނަމުންނެވެ.

މިކަމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައިވެސް ފަތުރުވެރިންނަށް މަނާކޮށްފައިވާ ކަމެއްކަމުގައިވާތީ، ހުރިހާ ފަރާތްތަކުންވެސް (ޚާއްޞަކޮށް ހޮޓާ، ގެސްޓްހައުސް ހިންގަވާ ފަރާތްތަކުން) އެފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިއްބަވާ ފަތުރުވެރިންނަށް މިކަން އަންގަވައި ދެއްވައި، މިކަން ތަކުރާރުވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކެއް ދެއްވުމަށް ދަންނަވަމެވެ.

                            03 ރަބީއުލްއާޚިރު 1435

03 ފެބުރުވަރީ 2014