ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2019/26
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 29 އޭޕްރިލް 2019 10:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ

މިއޮފީހަށް ބައެއް ތަކެތި ގަތުމަށް ކުރެވުނު މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2019/19)  (އެޕްރީލް 16، 2019) އިޢުލާނާގުޅިގެން ދެވިފައިވާ މަޢުލޫމާތު ބަދަލު ކުރެވުމާ ގުޅިގެން އެ އިޢުލާނު ބާޠިލުކޮށް، މި ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ޢަދަދު

އައިޓަމް

1

ބްލޭޑް ސަރވަރ

2

ނެޓްވޯރކް ސްވިޗް 24 ޕޯޓް

 

މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://bit.ly/2VJkOgR

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2019 އޭޕްރީލް 29 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

22 އޭޕްރިލް 2019