ޢާންމު މަޢުލޫމާތު
ނަންބަރު: C-381/IUL/2019/22
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 30 އޭޕްރިލް 2019 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނި އުކާލުމަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން.

                                   އިޢުލާން

     ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނި އުކާލުމަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން.

 ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ކުޑަހުވަދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޤާއިމުކުރެވިފައިވާ ވޭސްޓް މެނޭޖުމަންޓް ސެންޓަރ އިން ގޭގެއިން ކުނި ނަގައިގެން ކުނި ގެންދިއުމުގެ ޚިދުމަތް 01 މެއި 2019 ވާ ބުދަ ދުވަހުންފެށިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޙިދުމަތަށް އެދޭ ފޯރމް 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުންފެށިގެން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކުން 30 އޭޕްރީލް 2019 އަންގާރަ ދުވަހުގެ 14:00 ކުރިން ފޯރމް ފުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ފޯރމް ރަސްމީ ގަޑީ ގައި މިއިދާރާއިން ލިބެންހުންނާނެވަހަކަ ދެންނެވީމެވެ.    

                             17    ޝަޢުބާން   1440

22 އޭޕްރިލް 2019