މަސައްކަތް
ނަންބަރު: C-381/IUL/2019/21
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 30 އޭޕްރިލް 2019 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއަށް ނެގޭ ކުނިވާޒާތުގެ ތަކެތި ބޭރުކޮށްދޭނެ ފަރާތެއް ހޯދުން

                            އިޢުލާން

  •    ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއަށް ނެގޭ ކުނިވާޒާތުގެ ތަކެތި ބޭރުކޮށްދޭނެ ފަރާތެއް ހޯދުން

ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި އަމިއްލަ އުޅަދުގައި ކަނޑަށް ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. (މިތަކެއްޗަކީ ކޮންމެ ދުވަހަކުވެސް ކަނޑަށް ބޭރުކުރަންޖެހޭ ތަކެއްޗެވެ.)

މި މަސައްކަތް އަމިއްލަ އުޅަދުގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކުޑަހުވަދޫ މަލްޓިޕާރޕަސްގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކުޑަހުވަދޫ މަލްޓިޕާރޕަސްގެ ލައިބުރަރީއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީ ހިސާބު ހުށަހެޅުން

25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

30 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ. އަދި އަންދާސީ ހިސާބުގައި އެފަރާތަކުން މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަށްވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކުޑަހުވަދޫ ވޭސްޓް މެނޭޖުމަންޓް ސެންޓަރއަށް ޖަމާކުރާ ކުނިވާޒާތުގެ ތަކެތި ކަނޑަށް ބޭރުކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ބަޔާކުރެވިފައިވާ ތާރީޚް ކުޑަހުވަދޫ މަލްޓިޕާރޕަސްގެ ލައިބްރަރީގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ އެންމެންގެ ހާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކެއް ބަލައެއް ނުގަނެވޭނެއެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6760522  ނަމްބަރ ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

           17    ޝަޢުބާން    1440

22 އޭޕްރިލް 2019