ވަޒީފާގެ ފުރުޞަތު
ނަންބަރު: H5-SM/2019/004(IUL)
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 09 މޭ 2019 12:00
ހުރާ ޞިއްޙީ މަރުކަޒު، ކ. ހުރާ
ދިވެހިރާއްޖެ
ޑްރައިވަރ

c

 

ހުރާ ޞިއްހީމަރުކަޒު

ކ.ހުރާ /ދިވެހިރާއްޖެ 

 

ނަމްބަރ: (H5-SM/2019/004(IUL

 

ޢިޢުލާން

ވަޒީފާގެ ފުރުސަތު   

މަޤާމް

ޑްރައިވަރ

 

މަޤާމްގެ ނަމްބަރ

J-280062

 

ބޭނުންވާ ޢަދަދު

 (އެކެއް)01

 

މަޤާމްގެ ގިންތި

ދާއިމީ

 

މަޤާމްގެ ރޭންކް

އެސް.އެސް 2

 

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ 2

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ. ހުރާ ސިއްޙީމަރުކަޒު

 

މުސާރަ

-/3470 ރުފިޔާ

 

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

 

އިތުރު އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަދި ރިސްކުއެލަވެންސް ފައިސާ.

3- ސަޕޯޓިންގ ކޯ އެލަވަންސް ( މަހަކު -/1200 ރ )

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތަށ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުނަށް އޯގާތެރި ކަމާއެކު އެހީތެރިވުން
  2. ކުރެވޭ ދަތުރު ތަކުގެ ރެކޯޑް ފޮތެއްގައި ލިޔެ ބެލެހެއްޓުން
  3. ކޮންމެ ދުވަހަކު އެއްފަހަރު އެމްބިއުލާންސް ދޮވެ ސާފުކުރުން.
  4. އެމްބިއުލާންސް ދުއްވުމުގައި ބޭނުންވާ ތެޔޮ އޮފީހުގެ ބަޖެޓް ބަލަހައްޓާ ފަރާތާއިގުޅިގެން ހޯދުން.
  5. އެމްބިއުލާންސް ޚިދުމަތް މެދު ކެނޑިފައިވާ ވަގުތުތަކުގައި ސްޓްރެޗަރ އަދި ވީލް ޗެއަރގައި ބަލިމީހުން އުފުލުން.
  6. އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި ބަލަންޖެހޭ ހުރިހާ ކަންކަމަށް ސަމާލުވެ ރައްކާތެރިވުން.
  7. އެމްބިއުލާންސްގެ ތެޔޮބަދަލު ކުރުމާއި، ފިލްޓަރުތައް ބަދަލުކުރުން އަދި ކުރަންޖެހޭ މަރާމާތްތަކައި، ދިމާވާ މައްސަލަތައް ކަމާބެހޭ ފާރާތްތަކާއި ވާހަކަ ދައްކައިގެން ޙައްލުކުރުން.
  8. އެމްބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށްވާތީ ރަސްމީގަޑީގެ އިތުރުން ނުރަސްމީގަޑީގައިވެސް އިމަރޖެންސީ ދަތުރެއް ކުރަންޖެހިއްޖެ ޙާލަތެއްގައި އެފަދަ ދަތުރުތައް ކުރުން.
  9. މުވައްޒަފަކު ޗުއްޓީ ނަގައިފި ޙާލަތެއްގައި ހަވާލުކުރެވޭ ބައެއް މަސައްކަތްތައް ކުރުން.
  10. މީގެއިތުރުން މަޤާމުގެ ހައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ހުރިހާ މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.

 

މަޤާމްގެ ޝަރުތުތައް

1-      މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާސިލް ކޮށްފައިވުން

މަޤާމުގެ ޝަ         

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން  ( މަޤާމުގެ މަސައްކަތު ދާއިރާ އާއި ގުޅޭ )
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން ( މަޤާމުގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ)
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓް ޖުމްލަ %35(ތިރީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސްގ ކޮމިޝަނުގެ  www.csc.gov.mv ވެބަސައިޓުންނާއި ، ހުރާ ސިއްޙީމަރުކަޒުންނެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަވިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ  ލިޔުންތަކުގެ ކޮޕީ.

ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

9. އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމުގެ ލައިސަންސްގެ ކޮޕީ .

 

 

މަޤާމަށް އެދެންވީ ގޮތައި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހުރާ ޞިއްހީމަރުކަޒު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ  ވެބްސައިޓް www.csc.gov.mv އިން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މެއި 2019  ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ހުރާ ޞިއްހީމަރުކަޒު އަށެވެ. އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާއިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު :

އިންޓަވިއު އޮންނާނީ،  14 މެއި 2019   އާއި 16 މެއި 2019 އާ ދެމެދު، ހުރާ ޞިއްހީމަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10  ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640412 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ    [email protected]  އަށެވެ.

 

09  ޝަޢުބާން 1440

22 އޭޕްރިލް 2019