ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2019/154
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 28 އޭޕްރިލް 2019 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

FAHI DHIRIULHUN CORPORATION

އިޢުލާން

ފައިނޭންސް މެނޭޖަރ

ބޭނުންވާ އަދަދު: 01

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެދަށުން ޤާއިމްކުރެވޭ ފަހި ދިރިއުޅުން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފައިނޭންސް މެނޭޖަރ ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ހުށައެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ. އަދި ޓާރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓުން ޑައުންލޯޑުކުރެއްވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި:  މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ  28 އޭޕްރިލް  2019ވާ އާދިއްތަ ދުވަހުގެ 12:00 ގަ އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ އިކޮނޮމިކް މިނިސްޓްރީ (ބޮޑުތަކުރުފާނު މަގު،މާލެ 20125) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for Finance Manager of FDC“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3333160/3333143 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

Fahi Dhiriulhun Corporation | Velaanaage’ | Ameer Ahmed Magu,| Maldives, Male’

21 އޭޕްރިލް 2019