ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2019/105
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 05 މޭ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހި ބޭހާއި ކޮމްޕްލިމަންޓްރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލުން

   އިޢުލާން

ދިވެހި ބޭހާއި ކޮމްޕްލިމަންޓްރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލުން

 

            ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް ލަފާދޭނެ ފަންނީ ކޮމިޓީއެއް އެކުލަވާލުމަށް ކުރި އިޢުލާން  ނަމްބަރ (IUL)23-MAHC/23/2019/75 އަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެކޮމެޓީގެ މެމްބަރުކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

         އެކޮމެޓީއަކީ މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އުފެދެންދެން ދިވެހި ބޭހާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ފަންނު އަދި ފަންނުވެރިން ރެގިއުލޭޓްކުރުމުގައި އެކައުންސިލަށް ލަފާދިނުމަށް އެކުލަވާލެވޭ ވަގުތީ ކޮމެޓީއެކެވެ. އެކޮމެޓީގައި ހިމަނަން ހަމަޖެހިފައިވަނީ ދިވެހިބޭސްވެރިންގެ ތެރެއިން 4 ފަރާތަކާއި ކޮމްޕްލިމެންޓްރީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން 3 ފަރާތެކެވެ. އެކޮމެޓީއަށް މީހުން ހޮވުމުގެ ޝަރުތުތަކާ އިސްކަންދޭ ކަންތައްތައް ތިރީގައި ބަޔާންކުރަމެވެ.

 

ބޭނުންވާ ދާއިރާ

 ދިވެހި ބޭސްވެރިކަމުގެ ދާއިރާ

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ދިވެހި ބޭސްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވުން.

ބޭނުންވާ އަދަދު

   04

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާކްސް
  • އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 25 މާކްސް
  • ދިވެހިބޭސްވެރިކަމުގެ ތަޖުރިބާއަށް 25 މާކްސް (5 އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާއަށް ފުލް މާކްސްދޭނީ ރޭޝިއޯއިންނެވެ.)

 

 

 

 

 

 

 

ބޭނުންވާ ދާއިރާ

ކޮންޕިލިމެންޓްރީ މެޑިސިންގެ ފަންނުވެރިން

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ކޮންޕްލިމެންޓްރީ މެޑިސިން ޕްރޮފެޝަންލެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވުން

ބޭނުންވާ އަދަދު

   03

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ހޯއްދަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކަށް 50 މާކްސް
  • އެހެނިހެން ތައުލީމީ ސެޓްފިކެޓްތަކަށް 25 މާކްސް
  • ކޮންޕްލިމެންޓްރީ މެޑިސިންގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 25 މާކްސް (5 އަހަރާއި 10 އަހަރާ ދެމެދުގެ ތަޖުރިބާއަށް ފުލް މާކްސްދޭނީ ރޭޝިއޯއިންނެވެ.)

 

ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  2. ތަޢުލީމީ ސެޓްފިކެޓުތައް
  3. ކޮމިޓީގެ މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް
  5. ވަނަވަރު

ސުންގަޑި

 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)                      

އިތުރުމަޢުލޫމާތު

   މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ.

 

ވީމާ، މިކޮމެޓީގެ މެމްބަރު ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 މޭ 2019 ވަނަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް ) ސިޓީ ހުށަހެޅުއްވުން އެދެމެވެ.

             16 ޝަޢުބާން 1440

             21  އޭޕްރީލް 2019

21 އޭޕްރިލް 2019