ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)458/458/2019/3
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 30 އޭޕްރިލް 2019 13:30
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންވެސްޓިގޭޝަންސް އޮފިސަރ

އިޢުލާނު

 މަޤާމް:

 އެސިސްޓެންޓް އިންވެސްޓިގޭޝަންސް އޮފިސަރ

 މަޤާމުގެ ނަންބަރު:

 J-150029

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކް:

 ޖީ.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މާލެ

 މުސާރަ:

 4,465.00 ރުފިޔާ

 ސަރވިސް އެލަވަންސް:

 1,500.00 ރުފިޔާ

 ސަޕޯޓިންގ ކޯ އެލަވަންސް 2:

 700.00 ރުފިޔާ

 އެހެން ވަޒީފާއެއް  އަދާކުރުން   މަނާކުރާތީ ދޭ  އެލަވަންސް:

 އަސާސީ މުސާރައިގެ %35

 އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބެލުން.
  2. މައްސަލަތަކާ ގުޅިގެން ޤާނޫނުގެ ދަށުން އަންގަންޖެހޭ އެކިއެކި އެންގުން ކަމާބެހޭ ފަރާތްތަކަށް ލިޔުމުން އެންގުން.
  3. ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގަޔާއި ބޮޑެތި ހަޅުތާލު ކުރުމުގެ މައްސަލަތަކުގައި މީޑިއޭޓް ކުރުން.
  4. ވަޒީފާއާއިބެހޭ ޤާނޫނާ ގުޅިގެން އޮތޯރިޓީއަށް މަޢުލޫމާތު ސާފުކުރަން ހުށަހަޅާ ފަރާތްތަކާއި އެބާވަތުގެ ކަންކަމާ ގުޅޭގޮތުން އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުން.
  5. ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އިޞްލާޙް ކުރުމަށް އެންގިފައިވާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތީން އެފަރާތްތަކަށް ފިޔަވަޅު އެޅުން.
  6. މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި ރިޕޯރޓް ތައްޔާރުކުރުމާއި، އިންސްޕެކްޝަންތަކާއި ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން އެފަރާތްތަކަށް ލިޔުމުން އެންގުމާއި ރިޕޯރޓުތައް ފައިލުކޮށް ބެލެހެއްޓުން.
  7. މައްސަލަތައް ނިމުމުން އެންމެހާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

 މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ވަޒީފާއަށް އެންމެ ޤާބިލު   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

 - ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 - ވަޒީފާއާގުޅޭ ދާއިރާ " ލޯ " އިން ލިބިފައިވާ  ތަޖުރިބާއަށް ބަލައިގެން.

 -ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް   ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ   ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ   ލިޔުމާއެކު ކޯހުން ލިބޭ   ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ   ލިޔުމުގެ ކޮޕީ. (ދެފުށުގެ   ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ   ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް   ފުރިހަމަކުރިކަމުގެ   ލިޔުމުގެ ކޮޕީ. (ދެފުށުގެ ލިޔުންތައް   ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން   އެނގޭ ފަދަ ކޮޕީއެއް).

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު   ހިއްސާވާ ކުންފުންޏެއްގައި   ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ   މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި  ވަޒީފާ   އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،   ވަޒީފާގެ   މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ   މުވައްޒަފުންގެ އަދަދު ބަޔާންކޮށް   އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން؛   ނުވަތަ ވަޒީފާ އަދާކުރިގޮތް   އަންގައިދޭ   ރެފަރެންސް ޗެކް ފޯމް

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   30 އެޕްރީލު 2019 ގެ 13:30ގެ   ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ   ފޯމާއި ލިޔުންތައް   އީމެއިލް [email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ   ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެ ކަނޑައަޅާ ދުވަހުގެ  އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 އިންޓަވިއު އޮންނާނެ  ތަނާއި،   މުއްދަތު: 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 07 މޭ 2019 އާއި   09 މޭ 2019 އާ   ދެމެދު، ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގައެވެ.

 ޝޯޓް ލިސްޓްކުރުން:

    

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް   ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް   ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3328227/3328237 އަށެވެ. އީ-މެއިލް ކުރާނީ    [email protected] އަށެވެ.

21 އޭޕްރިލް 2019