ދެންނެވުން
ނަންބަރު: HDC(161)-EM/IU/2019/35
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 25 އޭޕްރިލް 2019 15:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ 'ރަށު މާރުކޭޓު' އިން ގޮޅި ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ:

                               

 

                                                                             

 

 

 

                        

ނަންބަރު: HDC(161)-EM/IU/2019/35

                                            

އިޢުލާން

 

ހުޅުމާލެ 'ރަށު މާރުކޭޓު' އިން ގޮޅި ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ:

ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމާ ގުޅިގެން ކޮށްފައިވާ ނަންބަރު: HDC(161)-EM/IU/2019/27
(14 އޭޕްރީލް 2019) އިޢުލާނާއި ޚަވާލާދީ ދަންނަވަމެވެ. ރަށު މާރުކޭޓު ގޮޅިތަކަށް ފޯމު ބަލައިގަތުން ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

ތާރީޚް:

25 އޭޕްރީލް 2019 (ބުރާސްފަތި)

ގަޑި:

09:00 އިން 15:00 އާ ދެެެމެދު

ތަން:

ހުރަވީ ސުކޫލް ހޯލު، ހުޅުމާލެ

 

 ފޯމު ބަލައިގަތުން ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެއެވެ. 'ރަށު މާރުކޭޓު' އިން ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު އެޗް.ޑީ.ސީގެ ވެބްސައިޓްގައިވާ އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު އެޗް.ޑީ.ސީގެ ވެބްސައިޓުންނާއި ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ ނަންބަރު 3355259، 3355266 އަދި 3355134 އާ ގުޅުއްވުން އެދެމެވެ.

16 ޝަޢުބާން 1440ހ.

21 އޭޕްރީލް  2019މ.

21 އޭޕްރިލް 2019