ދިވެހިރާއްޖެ
(Veterinary Products) އެލާރޓް
ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެލާރޓް ކުރައްވާފައިވާ ގޮތުން، ތިރީގައިވާ ވެޓެރިނަރީ ބޭސްތައް ތަޣައްޔަރު ވެފައިވާތީ މި ބޭސްތަކުގެ ދެންނެވިފައިވާ ބެޗްތައް ވަނީ ރިކޯލްކޮށްފައެވެ.
Reason for recall |
Expiration date |
Lot Number |
Manufacturer |
Product |
Product sterility cannot be assured |
Jun 2021 |
826390A |
Norbrook Laboratories Limited, Nothern Ireland |
Enroflox 100 (100mg/mL; 100mL vial) |
Product sterility cannot be assured |
Jul 2020 |
830192A |
Norbrook Laboratories Limited, Nothern Ireland |
Enroflox 100 (100mg/mL; 500mLvial) |
Product sterility cannot be assured |
Aug 2021 |
831591A |
Norbrook Laboratories Limited, Nothern Ireland |
Noromectin Injection (10mg/mL; 250 mL vial) |
Product sterility cannot be assured |
Aug 2021 |
834491A |
Norbrook Laboratories Limited, Nothern Ireland |
Noromectin Injection (10mg/mL; 1000 mL vial) |
Product sterility cannot be assured |
Aug 2021 |
831591B |
Norbrook Laboratories Limited, Nothern Ireland |
Ivermax 1% Injection (10 mg/mL; 250 mL vial) |
Product sterility cannot be assured |
Aug 2021 |
831590A |
Norbrook Laboratories Limited, Nothern Ireland |
Ivermax 1% Injection (10 mg/mL; 1000 mL vial) |
މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ (ވެޓެރިނަރީ ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭސްތަކެއް ނޫނެވެ.
ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އިމްޕޯރޓް ކުރެވިފައި ހުރެދާނެތީ ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް ދެންނެވީމެވެ. އަދި ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗްތައް އެތެރެ ނުކުރެއްވުމަށާއި، ނުވިއްކެވުމަށާއި ޖަނަވާރު އަދި ދޫނި ސޫފާސޫފިއަށް ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ.
މީގެ އިތުރުން، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
ވީމާ، Norbrook Laboratories Limited, އިން އުފައްދާ މިބޭސްތަކުގެ ދެންނެވިފައިވާ ބެޗްތައް ރާއްޖެއަށް އިމްޕޯރޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ.
މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.
21 އެޕްރީލް 2019