ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/2019/002
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 28 އޭޕްރިލް 2019 00:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޔޫއެސް އެފް.ޑީ.އޭ އިން ރިކޯލްކޮށްފައިވާ ވެޓެރިނަރީ ބޭހެއްކަމަށްވާ Pilocarpine Opthalamic Solution 0.1% އާއި ގުޅޭ

(Veterinary Products) އެލާރޓް

          

              ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެލާރޓް ކުރައްވާފައިވާ ގޮތުން، ތިރީގައިވާ ވެޓެރިނަރީ  ބޭހަށް، "ޕްރިޒަރވޭޓިވްސް" އަޅަންޖެހޭ މިންގަޑަށްވުރެ، ގިނައިން އަޅާފައި ހުރުމުން، މި ބޭހުގެ ދެންނެވިފައިވާ ބެޗް ވަނީ ރިކޯލްކޮށްފައެވެ.

 

Reason for recall

Expiration date

Lot Number

Manufacturer

Product

Due to high level of preservative

17/2019

R180052

Stokes Healthcare Inc,

Pilocarpine 0.1% Opthalamic Solution

                    

                              މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ (ވެޓެރިނަރީ ޑްރަގް  ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫނެވެ.

 

                ނަމަވެސް  ބޭސް ސިޓީއަށް އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  ބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް ދެންނެވީމެވެ. އަދި ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗް އެތެރެ ނުކުރެއްވުމަށާއި، ނުވިއްކެވުމަށާއި ޖަނަވާރު އަދި ދޫނި ސޫފާސޫފިއަށް ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ.

 

               މީގެ އިތުރުން،  ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

                              ވީމާ، Stokes Healthcare Inc, އިން އުފައްދާ  މިބޭހުގެ ދެންނެވިފައިވާ ބެޗް ރާއްޖެއަށް އިމްޕޯރޓް ނުކުރުމަށާއި ނުވިއްކެވުމަށް އިލްތިމާސް ކުރަމެވެ.

 

               މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

 

                

              21  އެޕްރީލް  2019 

21 އޭޕްރިލް 2019