ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2019/19
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި:
05 މޭ 2019 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް ޕާރޓިޝަން ސިސްޓަމް މި މިނިސްޓްރީއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓަށް އޮފީސް ޕާރޓިޝަން ސިސްޓަމް މި މިނިސްޓްރީއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ސަޕްލައިކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 އެޕްރީލް 23 ވާ އަންގާރަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި ސައިޓް ސުޕަވައިޒްކުރެއްވުމަށް އެދެމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 އެޕްރީލް 24 ވާ ބުދަ ދުވަހުގެ 08:00 އިން ފެށިގެން 2019 މޭ 02 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 މޭ 05 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2019 މޭ 05 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
- މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި ހުށަހަޅުއްވާ އަގުގެ %0.5 ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 މޭ 02 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
18 އޭޕްރިލް 2019