ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި އިދާރާގެ ނަންބަރު : (IUL)305/305/2019/39 (15 އޭޕްރީލް 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.
މިރަށު ޤަބުރުސްތާނު ނޮޅާ ސާފުކުރުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް 1 އަހަރުދުވަހަށް އަހަރަކު 3 ފަހަރު ނޮޅާ ސާފުކުރާގޮތަށް އަހަރަކަށް -/12000 (ބާރަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށްބަދަލުގައި މީހަކު ފޮނުވާ ނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް
- ޤަބުރުސްތާނުތެރެ ތަނބުރުވެލާއެކު ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.
- ޤަބުރުސްތާނު ގޯތިތެރޭގައި ހުރި ހިޔާ ލިބޭ ގަސްތަކުގެ ތިރިވެފައިވާ އަފިތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
- ޤަބުރުސްތާނު ތެރޭގައި ހެދެމުންދާ މައިވިނަ ބުޑާއެކު ނަގާ ސާފުކޮށް ބެލެހެއްޓުން.
- ޤަބުރުސްތާނަށް އެޅޭ ފަތާއި ކުނިބުނި ނަގާ ސާފުކުރުން.
- އަބަދުވެސް ޤަބުރުސްތާނު ނޮޅާ ސާފުކުރެވިފައި އޮތުން.
- ޤަބުރުސްތާނު ނޮޅާ ކޮންމެ ފަހަރަކު ޤަބުރުސްތާނު އެއްކޮށް ނޮޅާ ސާފުކުރުން.
- ސާފުކޮށް ބެލެހެއްޓުމުގައި ނެގޭ ހުރިހާ ކުންޏެއް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އުފުލުމުގައި އެހީތެރިވެ ކުނިގޮޑަށް ކުނި ގެންދިއުން.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
ފޯމިއުލާ |
އަގު |
%90 |
|
(Benchmark price / Submitted price) x Allocated percentage |
ތަޖުރިބާ |
|
(Submitted experience / Benchmark years) x Allocated percentage |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި، 6580015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
13 ޝައުބާން 1440