ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)285/285/2019/20
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 23 އޭޕްރިލް 2019 13:30
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބީގައި ކުލަ ލުމާއި، މަސްޖިދުލް ނޫރުގައި ވަރުނިސްލުމާއި ގުޅޭ

                                                  ނަންބަރު: IUL)285/285/2019/20)

އިޢުލާން

މަސްޖިދުލް އައްވާބީގައި ކުލަ ލުމާއި، މަސްޖިދުލް ނޫރުގައި ވަރުނިސްލުމާއި ގުޅޭ

            މި ކައުންސިލްގެ އިއުލާން ނަންބަރ IUL)285-D/285/2019/18) އާ ގުޅިގެން އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިއުލާނު ބާތިލްކޮށް އަލުން ޢިއުލާނުކުރަމެވެ.

            މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުލް އައްވާބީގައި ކުލަ ލައިދޭނެ ފަރާތަކާއި، މަސްޖިދުލް ނޫރުގައި ވަރުނިސް ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަގު ހުށަހެޅުން އޮންނާނެވާހަކަ ދަންނަވަމެވެ. 

           މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޝަޢުބާން 1440

18 އޭޕްރިލް 2019

 

 

                                                             އާދަމް ސަމީރު

                                                       ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

 

 

 

 

 

 

 

 

 

18 އޭޕްރިލް 2019