ދިވެހިރާއްޖެ
ނަމްބަރު:IUL)244-ESMSMS/244/2019/19
އިޢުލާން
1440 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޘުކޮށް ތަރާވީޙް ނަމާދުކޮށްދިނުމަށް ވަޑައިގަންނަވާ ޙާފިޘުގެ ކަންކަން އިންތިޒާމް ކުރުން.
1440 ވަނަ އަހަރު (މިއަހަރު) ރަމަޟާން މަހު މިރަށު "މަސްޖިދުލް ނިބްރާސް" މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޘަށް ތިރީގައިވާ އިންތިޒާމްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- 1. ޙާފިޘު ރަށުގައި ހުންނަ ދުވަސްތަކަށް ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އެރުވުމުގެ އިންތިޒާމް ހަމަޖެއްސުން.
(ނޯޓް: * ރަމަޟާން މަހު ފަރިއްކޮޅު އަރުވާނީ ޢާއްމުކޮށް ދިވެހިންވެސް ކައިއުޅޭ ގަޑިތައް ކަމުގައިވާ ރޯދަ ވީއްލުމާއި ތަރާވީސްދަމު އަދި ހާރުދަމުއެވެ.
* ރަމަޟާން މަސްފިޔަވައި އެހެނިހެން ދުވަސްތަކުގައި، ހެނދުނު ސައި، މެންދުރުކެއުން، ހަވީރު ސައި، ރޭގަނޑު ކެއުން ހަމަޖައްސާ ދޭންވާނެއެވެ.)
- 2. ޙާފިޘުގެ ހުރުމުގެ އިންތިޒާމް ހަމަޖެއްސުން ( ހުރުމުގެ އިންތިޒާމް ހަމަޖެއްސާނީ އޭސީ ހުރި އެޓޭޗް ފާޚާނާއާއެކު ހުރި ކޮޓަރިއެއްގައި)
- 3. ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
އަދި މަތީގައި ދެންނެވިފައިވާ އިންތިޒާމްތައް އެއްގެއަކުން ހަމަޖެއްސެއް އޮތްނަމަ، އެއްގެއަކުން ހަމަޖެހިގެން ދިއުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 28 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމު ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރީމެވެ.