ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ
ބާރަށް، ދިވެހިރާއްޖެ.
SECRETARIATE OF BAARAH COUNCIL, NORTH THILADHUNMATHI
އިޢުލާން |
|
ނަމްބަރު: (IUL)257/257/2019/18 |
ރަށުގެ އިޖުތިމާޢީ ސަރަޙަދުން ނެގޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް |
ތާރީޚް: 17 އޭޕްރީލް 2019 |
މިރަށުގެ އިޖުތިމާޢީ ސަރަޙައްދާއި ކައުންސިލުން އަންގާ މިނޫންވެސް ސަރަޙައްދުތައް ކުނިކަހާ ނޮޅާ ސާފުކުރުމުން އެތަންތަނަށް ޖަމާކުރާ ކުނިތައް މިކައުންސިލުން އަންގާ ގޮތެއްގެ މަތީން 01 އަހަރު ދުވަހުގެ މުއްދަތަށް، ހަފްތާއަކު 02 ދުވަހު ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 24 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ. މިމަސައްކަތަށް މީހަކު ހޮވާނީ އެކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ތަކަށް ބަލައި މިއިދާރާގެ ބިޑް ކޮމެޓީންނެވެ. އަދި މާކްސް ދެވޭނެ އުޞޫލް މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.
12 ރަޖަބު 1440
17 އޭޕްރިލް 2019
ޚާދިމްކުމް
އާޞިފް ޢަބްދުﷲ
ކައުންސިލްގެ ރައީސް