މަސައްކަތް
ނަންބަރު: (IUL)179-3.2/1/2019/7
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 25 އޭޕްރިލް 2019 11:30
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އަހަރީ ރިޕޯޓް ކުލަކޮށް ޗާޕްކުރުމާގުޅޭ

އަހަރީ ރިޕޯޓް ކުލަކޮށް ޗާޕްކުރުމާގުޅޭ

މިއޮތޯރިޓީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޗާޕްކުރުމަށް ބޭނުންވެއެވެ. އަހަރީ ރިޕޯޓް ޗާޕްކުރުމާގުޅޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ޢަދަދު: 150 ކޮޕީ

ޞަފްޙާގެ ޢަދަދު: 164 (ބޭރު ގަނޑާއެކު)

ސައިޒް: 265mm x 180mm

ބަނޑޭރި ގަނޑު : 250GSM އާޓް ކާޑުގައި މެޓް ލެމިނޭޝަނާއެކު

އެތެރޭގެ ގަނޑުތައް: 130GSM  މެޓް އާޓް ކަރުދާހުގައި

ބައިންޑްކުރުން: ގުލޫ ބައިންޑްކޮށްފައި 

ވީމާ، އަހަރީ ރިޕޯޓް ޗާޕްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއޮތޯރިޓީ (ހ. އޯކިޑް 3 ވަނަ ފަންގިފިލާ/އަމީރު އަޙްމަދު މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2019 ވާ އަންގާރަ ދުވަހު 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅާ ބިޑްތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

އަގު (ޖީއެސް.ޓީ އާއެކު)         % 70

ތަޖުރިބާ                    % 10

މުއްދަތު                     % 20

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ   3014110/ 3336619  ނަންބަރު ފޯނާއެވެ.

12 ޝަޢުބާން 1440

17 އެޕްރީލް 2019

   

17 އޭޕްރިލް 2019