ދިވެހިރާއްޖެ
އިޢުލާން
މާއުނގޫދޫ ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މައުލޫމާތަކާއިއެއްގޮތަށް މާއުނގޫދޫ ކައުންސިލް އިދާރާގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)282/282/2019/9 ޢިއުލާނާއި ގުޅިގެން ތިންފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
17 އޭޕްރިލް 2019