ދިވެހިރާއްޖެ
Nilandhoo School ނިލަންދޫ ސްކޫލް
North Huvadhu Atoll, Nilandhoo ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ
Republic of Maldives ދިވެހިރާއްޖެ
ނަންބަރ:10-IUL/2019/GS-195
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރި (ނަމްބަރު:5-IUL/2019/(GS-195 އިއުލާނަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެއިއުލާ ބާތިލްކޮށް މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމާއި، އަންދާސީހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އަންދާސީހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށައެޅުން |
23 އެޕްރިލް 2019 (އަންގާރަ) ދުވަހު 11:00 ގައި |
30 އެޕްރިލް 2019 (އަންގާރަ) 11:00 ގެ ކުރިން |
ގއ. ނިލަންދޫ ސްކޫލް އޮފީހުގައި |
ގއ. ނިލަންދޫ ސްކޫލް އޮފީހުގައި |
11 ޝައުބާން 1440
16 އެޕްރީލް 2019
ޚަދީޖާ އިބްރާހިމް
(ޕްރިންސިޕަލް)