ކުއްޔަށް ދިނުން
ނަންބަރު: (IUL)226-F/PRIV/2019/10
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 02 މޭ 2019 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅު ރައްވެހިގެ ގޯތިން ހުސްބިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުން

ހދ. އަތޮޅު ރަށްވެހިގެ ގޯތީގެ ތެރެއިން 2047 އަކަފޫޓުގެ 04 ހުސްބިން އަމިއްލަ ވިޔަފާރި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 24 އޭޕްރީލް 2019 ވާ ބުދަ ދުވަހު 11:00 އަށް ހދ. އަތޮޅުކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަދި މައުލޫމާތު ސާފުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކާއި ދެންނެވީމެވެ. މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށެވެ.  

ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

17 އޭޕްރިލް 2019