މަސައްކަތް
ނަންބަރު: (IUL)347/347/2019/30
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 25 އޭޕްރިލް 2019 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީއަކު ގެނައިދޭނެ ފަރާތެއް ހޯދުން.

މި އިދާރާއިން ކުރިޔަށް ގެންދާ، ކުނި ނައްތާލުމުގެ މަސައްކަތަށް، ބިދޭސީ (ބަންގްލާދޭޝް) މަސައްކަތު މީހަކު ގެނައިސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 އޭޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ 12:00އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އޭޖެންސީގެ ރަޖިސްޓްރީގެ ކޮޕީއާއި ކުންފުނީގެ ޕްރޮފައިލެއް ހުށަހަޅުއްވަންވާނެއެވެ. މި އިދާރާއަށް ޙާޟިރުވެވެން ނެތްފަރާތްތަކުން، މި އިދާރާގެ [email protected] މެއިލަށް ފޮނުވާ ޕްރޮޕޯސަލްތައްވެސް ބަލައި ގަނެވޭނެއެވެ.  

މަޢުލޫމާތު.

-         ބިދޭސީ ރާއްޖެ ގެނައުމަށްޓަކައި އެކްޕޭޓް އޮންލައިން ސިސްޓަމުން ފޮނުވަންޖެހޭ އެންމެހާ ޑޮކިޔުމެންޓްތައް މި އިދާރާއަށް ފޮނުވައި ދިނުން.

-         ބިދޭސީ ރާއްޖެ ގެނައުމަށްޓަކައި އެކްޕޭޓް އޮންލައިން ސިސްޓަމުން ކުރަންޖެހޭ މަސައްކަތްތައް ކުރާނީ މި އިދާރާއިން.

-         ބިދޭސީ މީހާއަށް މި އިދާރާއިން ދިނުމަށް ހަމަޖެހިފައިވަނީ -180 ޑޮލަރާއި -/200 ޑޮލަރާއި ދެމެދުގެ މުސާރައެއް.

-         ބިދޭސީ މީހާ ރާއްޖެ އައުމުން މި އިދާރާއާ ހަމައަށް ފޮނުވެންދެން، އޭޖެންސީން ކޮށްދޭނެ ކަންކަން ޕްރޮޕޯސަލްގައި ހިމެނިފައި އޮންނަންވާނެ. (މިސާލަކަށް އޭޖެންސީގެ ޚަރަދުގައި އިންޝުއަރެންސް ކޮށްދިނުން، މެޑިކަލް ހައްދައި ދިނުން، ފުރަތަމަ ފަހަރުގެ ވިސާފީ ދައްކައި ދިނުން ކަހަލަ ކަންކަން ...)

އިތުރު މަޢުލޫމާތު ސާފުކުރައްވަން އެދޭ ފަރާތްތަކުން މި އިދާރައިގެ ނަންބަރު: 6680633 ފޯނަށް ގުޅުއްވާ މަޢުލޫމާތު ހޯއްދެވުން އެދެމެވެ.

16 އޭޕްރިލް 2019