ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2019/41
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 25 އޭޕްރިލް 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

                  ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

ޖީ.އެސް 3 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މުސާރަ:

4465.00 ރުފިޔާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

ކައުންސިލް ބިއުރޯ (ކޯރޕޮރޭޓިވް އެފެއާރޒް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

1-     އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-     ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

1-      ކައުންސިލްގެ ބިއުރޯގައި މަސައްކަތް ކުރުމާއި، ކައުންސިލްގެ ބައްދަލުވުން ތަކަށް ހާޟިރުވުމާއި، ކައުންސިލް ބިއުރޯގެ ލިޔެކިޔުންތައް ބެލެހެއްޓުމާއެކު ކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސްއަށް ބޭނުންވާ މަޢްލޫމާތު ބެލެހެއްޓުމާ ޕާރފޯމަންސް އިންޑެކްސްއާއި ގުޅުން ހުރި އެންމެހާ މަސައްކަތްތައް ކުރުން.

2-      ކައުންސިލުގެ ބައްދަލުވުންތަކުގެ ޔަވްމިއްޔާ އާއި ކައުންސިލްގެ އިދާރާގެ ޔަވްމިއްޔާ ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން.

3-      ކައުންސިލް މެމްބަރުންގެ ރަޖިސްޓްރީއާއި ޗުއްޓީ ރިކޯޑްތަކާއި، ހާޟިރީ ރިޕޯޓް ތައްޔާރުކޮށް ކޮންމެ މަހެއްގެ 18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4-      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

5-      ކައުންސިލަރުންނާއި ބައްދަލު ކުރަން އަންނަ ޢާއްމު ފަރާތްތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި ކައުންސިލްގެ ރަސްމީ ދަތުރުތައް އިންތިޒާމުކޮށް ރަސްމީ ދަތުރުތަކުގައި ބައިވެރިވުން.

6-      ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި، ޙާއްޞަ ހާލަތް ތަކުގައި ކުރެވޭ މަސައްކަތްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޕްރޮބޭޝަން މުއްދަތު (3 މަސް) ހަމަވުމުން، މަސައްކަތުގެ އަޚްލާޤު ރަނގަޅު ނަމަ، ސަޕޯރޓިންގކޯ އެލަވަންސްގެ ގޮތުގައި

މަހަކު 700/- (ހަތްސަތޭކަ ރުފިޔާ) ޕްރޮބޭޝަނަށްފަހު، ލިބިދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

ލިބިފައިވާ ތަޢުލީމާއި ތަމްރީން

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

ޤާބިލުކަން ދެނެގަތުމަށް ކުރާ އިންޓަވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލް އިމްތިޙާނު.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިސިވިލްސާރވިސްގެ ޤާނޫނާއި ޤަވާޢިދު އަދި މާލިއްޔަތާއި ބެހޭ ޤަވާޢިދާއި، ތިނަދޫކައުންސިލުން އެކަށައަޅާފައިވާ ރަށްވެހިކަމުގެ ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު.

އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު 28 އޭޕްރިލް 2019 އާއި 08 މެއި 2019 އާއި ދެމެދުގެ ތާރީޚެއްގައި ތިނަދޫ ކައުންސިލްގެ އިދާރާ ގައި އޮންނާނެއެވެ. ވުމާއި އެކު މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން އިންޓަވިއު އަށް ހާޟިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

އިންޓަވިއު އަށް ޙާޟިރުވާ އިރު 5 ސްލައިޑަށްވުރެ އިތުރު ނުވާގޮތަށް، އެމީހެއްގެ ޕާރސަނަލް ޕްރޮފައިލާއި ބެހޭގޮތުން  ތައްޔާރުކޮށްފައިވާ ޕްރެސެންޓޭޝަނުގެ ހާޑްކޮޕީއެއް ހުށަހަޅަންވާނެއެވެ. ޕްރެސެންޓޭޝަން ހުށަހެޅުމަށް ޖުމްލަ 7 މިނެޓުގެ ވަގުތު ދެވޭނެއެވެ. ޕްރެސެންޓޭޝަން އޮންނާނީ އިންޓަރވިއއާއި އެކުގައެވެ.

ޕްރކްޓިކަލް އިމްތިޙާނު އޮންނާނީ އިންޓަވިއު އޮންނަ ދުވަހު އިންޓަވިއުއަށް ފަހުގައެވެ.

ޕްރެކްޓިކަލް އިމްތިޙާނު ހަދާނީ ކޮމްޕިއުޓަރުންނެވެ. ޕްރކްޓިކަލް އިމްތިޙާނަށް ޖުމްލަ 30 މިނެޓުގެ ވަގުތު ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކުރެވިފައިވާ )

3-       ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް .

4-       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް  25 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅާ އެޕްލިކޭޝަންތައް އިދާރާއަށް ލިބުނުކަން ފޯނުން ގުޅުއްވައިގެން ކަށަވަރު ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.

15 އޭޕްރިލް 2019