ދިވެހިރާއްޖެ
ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
ނޭޝަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕޮލިސީ ރިވައިސްކޮށް، ނެޝަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތް
ރިފަރެންސް ނަމްބަރ: IUL)438-MCEP/438/2019/85)
ޕްރޮޖެކްޓް ނަންބަރ: MV-MEE-110477-CS-QCBS ތާރީޚް: 15 އޭޕްރީލް 2019
ދިވެހި ސަރުކާރަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން "ސާފު ރާއްޖެ" - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް. ޢީ. ސީ.ޕީ) ދަށުން، ނޭޝަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕޮލިސީ މުރާޖާކޮށް، ނެޝަނަލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސްޓްރެޓަޖީ އެކުލަވާލުމުގެ ކޮންސަލްޓަންސީ ޚިދުމަތްދޭ ކުންފުންޏެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕޮލިސީ މުރާޖަޢާ ކުރުމާއި، ގައުމީ ފެންވަރެއްގައި ސޮލިޑް ވޭސްޓް މެނޭޖުކުރުމާއިގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މަސައްކަތްތަކާއި، އެކަމާއި ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، ދިގު މުއްދަތެއްގައި ޢަމަލުކުރާނެ ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސްޓްރެޓެޖިކް ޕްލޭންއެއް އެކުލަވާލުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ކޮލިޓީ / ކޮސްޓް ބޭސްޑް ސިލެކްޝަން އުސޫލުން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.އެފް.ޕީ. އެފް ބޮރޮވަރސް"(ޖުލައި (2016) ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް) އުޞޫލުންނެވެ. ވީމާ މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސްގައިވާ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާނީ ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 08 މެއި 2019 ވާ ބުދަ ދުވަހުގެ 13:30 ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް ( ޓީ. އޯ . އާރް) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 25 އޭޕްރީލް 2019 ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަހުމަދު ނިޒާމް / ޕްރޮޖެކްޓް މެނޭޖަރ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން / މާފަންނު / މާލެ
އީމެއިލް އެޑްރެސް: [email protected]
ނަންބަރު: 3018441 960 + ,3018451 960 +