ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E1/OPE/2019/2
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:45
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޑިއުޓީގެ ޢިނާޔަތަށްއެދި، ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އެތެރެކުރާފަރާތްތަށް މިމިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ޑިއުޓީގެ ޢިނާޔަތަށްއެދި، ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އެތެރެކުރާފަރާތްތަށް މިމިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލުން 

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ޖަދުވަލު 6 ގެ 3 ވަނަ ނަންބަރުގެ ދަށުން ދަނޑުވެރިކަންކުރާ ފަރާތްތަކުން ޑިއުޓީގެ ޢިނާޔަތް ލިބިގަތުމަށް، މި މިނިސްޓްރީގައި ރަޖިސްޓްރީކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާތީ އާއި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ލިސްޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފޮނުވަން ވާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވާތީ، 15 އެޕްރީލް 2019 އިން ފެށިގެން ދަނޑުވެރިކަން ކުރުމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ އިނާޔަތް ލިބޭނީ، މިފަދަ ތަކެތި އެތެރެކުރާ ފަރާތްތަކުން  މިމިނިސްޓްރީގައި ރަޖިސްޓްރީވުމަށްފަހު ކަމުގައި ދަންނަވަމެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ އިނާޔަތް ލިބިގަތުމަށް ރަޖިސްޓްރީވުމުގެ އުސޫލާއި އެކަމަށް އެދި ހުށަހަޅާ ފޯމް ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މީގެ އިތުރުން މިކަމަށް އެދި ހުށަހަޅާ ފޯމާއި، އުސޫލު މިމިނިސްޓްރީއިން ލިބެންހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިމިނިސްޓްރީގެ ފޯން ނަންބަރ 3339248/ 3339261 އަށް ގުޅުއްވުން އެދެމެވެ.

15 އޭޕްރިލް 2019