ދިވެހިރާއްޖެ
އިޢުލާން
| 
 ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރަށް މަސައްކަތް ކުރުމުގެ ފުރުޞަތު  | 
 ނަންބަރު: 26/2019/(IUL)P2C  | 
|
| 
 ތާރީޚް: 15 އޭޕްރީލް 2019  | 
||
| 
 ޝަރުޢީ ދާއިރާގެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ދުވަހު އުޖޫރައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.  | 
||
| 
 ހަވާލުކުރެވޭ މަސްއޫލިއްޔަތު ނިސްބަތްވާ މަޤާމާއި ރޭންކު  | 
 ކޯޓު އޮފިސަރ، ރޭންކް: GS 3  | 
|
| 
 ބޭނުންވާ އަދަދު: 01  | 
||
| 
 މަސައްކަތް ކުރަންޖެހޭ ތަން: ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓު  | 
||
| 
 އުޖޫރަ  | 
 - ޙާޟިރުވާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ  | 
|
| 
 އަސާސީ ޝަރުތު:  | 
 
 
 
 
  | 
|
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:  | 
 - ޝަރީޢަތުގެ މަޖިލީސް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މެޖިސްޓްރޭޓުގެ މަޝްވަރާގެ މަތީން މައްސަލަތަކުގެ އިދާރީ ފިޔަވަޅުތައް އެޅުމާއި، މައްސަލަތަކުގެ ރިޕޯޓު ލިޔުމާއި، މިނޫނަސް އިދާރީގޮތުން ޝަރުޢީ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. 
 - ކޯޓުގެ ތަފާސްހިސާބު ރިޕޯޓު ތައްޔާރުކޮށް ވެރިކަންކުރާ ރަށުމެޖިސްޓްރޭޓު ކޯޓަށް ފޮނުވުން - މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން. 
 
 
  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 
 
  | 
|
| 
 ސުންގަޑި:  | 
 2019 އޭޕްރީލް 22 ވާ ހޯމަ ދުވަހުގެ 14:00 ކުރިން ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  | 
|
| 
 އިތުރު މަޢުލޫމާތު  | 
 - މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820059 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ. - އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.  | 
|
| 
 ކޮންޓްރެކްޓު އުޞޫލުން ދުވަހު އުޖޫރައަށް މީހުން ހަމަޖެއްސުމުގައި އިސްކަން ދެވޭނެ ކަންތައްތައް:  | 
 - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން. - ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. (ޖީއެސް 1 ރޭންކުން ފެށިގެން މަތީ މަޤާމެއް މަސްއޫލިއްޔަތު އަދާކުރުމަށް ނަގާ ފަރާތްތައް) - ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.  | 
|