ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)296-A/296/2019/22
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 25 އޭޕްރިލް 2019 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

ޕްލޭނިންގ އޮފިސަރ

މަޤާމް:

J-267508

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5,610/-ރުފިޔާ (މަހަކު)

މުސާރަ:

2000/- ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

އެހެނިހެން އެލަވަންސް:

  1. ކައުންސިލް އިން ހިންގާ މަޝްރޫޢުތައް އިވެލުއޭޓްކޮށް ނިމުމުން މަޝްރޫޢުތަކުގެ އެގްރިމެންޓްތައްޔާރު ކުރުން.
  2. ބޯފެނާއި ނަރުދަމާ ފަދަ ޕްރޮޖެކްތައް ހިނގާ ނުހިގާ ގޮތުގެ ބަލައި އިވެލުއޭޓް ކުރުމުގެ އިދާރީ މަސައްކަތް ކުރުން
  3. ތަރައްޤީ ޕްލޭންނަށް ބަލައިގެން އަހަރީ ތާވަލުތައްޔާރުކޮށް ކައުންސިލަރުންނަށް  ފޮނުވުން
  4. އަހަރީ ތާވަލާއި ، ތަރައްޤީ ޕްލޭން ގައި ހިމެނިގެން ހިނގަމުން ދާ މަޝްރޫއުތައް ހިނގާ ނުހިގާ ގޮތް ބެލެހެއްޓުން
  5. އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އަހަރީ މަސައްކަތު ތާވަލު ތައްޔާރު ކުރުމުގައި އެހީ ތެރިވުން.
  6. ރަށު ތަރައްޤީ ޕްލޭނިންގ ޙާސިލް ވަމުންދާ މިންވަރު ހަމަ ޖެހިފައިވާ އުޞޫލްއާއި އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ 02 މަހަކުން ރައްޔިތުންނަށް ހާމަ ކޮށް ދިނުން.
  7. ލޭންޑްޔޫސް ޕްލޭން އާއި އެއްގޮތަށް ބިމުގެ ބަޖެޓް ތައްޔާރު ކުރުމާއި ، ބިންބިމާ ބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  8. " ސާފުފޮއްދޫ - އަހަރެންގެ ރަށް " ޝިޢާރުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ޙަރަކާތް ތެރިވުން.
  9. ރަށު ތަރައްޤީ ޕްލޭން ޙާސިލްވަމުންދާ މިންވަރު ބަލާ ރިޕޯޓް ތައްޔާރު ކުރުން.

10. ކައުންސިލް އިން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް އިޢުލާންކުރުން.

11. ކޮންމެ އަހަރެއް ނިމުމުން ، އަހަރީ ތާވަލާއި ތަރައްޤީ ޕްލޭންގައި ކަނޑައެޅިފައިވާ މަޝްރޫޢުތަކުން ހާސިލްވި މިންވަރު  ދެނެގަނެ ، އަހަރީ ރިޕޯޓްގައި ހިމެނުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 05 ނުވަތަ 6ގެ ސަނަދެއް ޙާސިލް ކޮށްފައި ވުން.

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕްރޮޖެކްޓު މެނޭޖުމަންޓު

     
     

 

 

މަޤާމުގެ ޝަރުޠުތައް:

 

 

ތަޢުލީމީ ރޮނގު

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ފޮއްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި،މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން (%40)
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ ()
  •  ލިބިފައިވާ ހުނަރު        (40%)
  • އިމްތިހާން              (%5)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން،ފޮއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި އޮންނާނީ 2019 މެއި 02 އާ 2019 މެއި 12އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ފޮއްދޫ ކައުންސިލްގެ އިދާރާގައެވެ.

 

 

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560016ނަންބަރު ފޯނާއެވެ.އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

 

14 އޭޕްރިލް 2019