ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ނަންބަރު M8C-A/2019/01 އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ދ. ރިނބުދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓުގެ މިހާރު ބޭނުންކުރަމުންދާ އިމާރާތަށް ބަދަލުގެނެސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 އޭޕްރީލް 2019 ވަނަ ދުވަހުގެ 10:00 އަށް ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ދ.ރިނބުދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 މެއި 2019 ވަނަ ދުވަހުގެ 10:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
09 ޝައުބާން 1440
14 އޭޕްރީލް 2019