ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMH-HR/VMH/2019/2
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 23:56
ސުންގަޑި: 22 އޭޕްރިލް 2019 13:30
ވިލިމާލޭ ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

މަޤާމް :ތަރުޖަމާނު
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ

 މި ހޮސްޕިޓަލްގައި ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުގެ ދަށުން މަަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެއެވެ. މިގޮތުން ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 8 ގަޑިިއިރު ހަފްތާއަކު 6 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ.

މަޤާމް:

ތަރުޖަމާނު

ބޭނުންވާ އަދަދު:

1 (އެކެއް)

   

މުސާރަ:

ގަޑިއަކަށް ޖެހޭވަރު -/33 ރުފިޔާ 

މުއްދަތު:

                މަޤާމުގެ ޝަރުޠު:

 

06 މަސް ދުވަސް

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވިލިމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދި ސިޓީ
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  5. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ
  1. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ މައުލޫމާތުތަކާއިއެކު 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected]  

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3391019 އެވެ.

06 ޝައުބާން 1440ހ.

11 އޭޕްރިލް 2019މ.

 

11 އޭޕްރިލް 2019