ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޓްރާންސްޕޯޓް އޮޓޯރިޓީގެ އިޢުލާން ނަންބަރު: (IUL)202-L/1/2019/29 (11 އެޕްރީލް 2019) ގައި އައްމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުގެ މަތިން މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުން ތެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ޕްރޮގްރާމްގެ 2 ވަނަ ބައި އައްޑޫސިޓީގައި ދިރިއުޅޭ މި ސިޓީގެ ރައްޔިތުންނަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަދިޔާ ކުރާ ހެލްމެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މި ދަންނަވާ ގޮތުގެ މަތިންނެވެ.
އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަޙްލާގާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި 02 (ދޭއް) ގަޑި އިރުގެ ތަމްރީން ސެޝަންއެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަކަށެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަށް ވިސްނާދިނުމާއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އެގޮތުން މި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓްwww.transport.gov.mv ގައި 2019 އެޕްރީލް 15 ވާ ހޯމަ ދުވަހު އާއްމުކޮށް ހުޅޫވާލެވޭނެއެވެ. ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުން ނަން ނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ނަން ނޯޓު ކުރެވޭނީ 700 ބޭފުޅުންނަށް ކަމުގައިވާތީ، އެއަށްވުރެ އިތުރަށް ސިސްޓަމުން ނޯޓު ނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ. އަދި ނަން ނޯޓު ކުރާ ފަރާތްތަކަށް ޕްރޮގްރާމް ހިންގާނެ ތާރީޚާއި ގަޑި އަދި ތަން އެސް.އެމް.އެސް މެދުވެރިކޮށް ދެންނެވޭނެއެވެ.
05 ޝަޢުބާން 1440