ދިވެހިރާއްޖެ
`
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު، ދިވެހިރާއްޖެ
ނަންބަރު:IUL)GS34/2019/14)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި މަދަރުސާގެ ނަންބަރު (IUL)GS34/2019/09 21 މާރޗް 2019ގެ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވަން ދުރުވީ އެންމެ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތް :
11- ކްލާސްރޫމްގައި މުށި ޖެހުން
ވީމާ ، މި މަދަރުސާއިން މި މަސައްކަތަށް ތައްޔާރުކޮށްފައިވާ ބީލަންފޮތުގައިވާ މަޢުލޫމާތާއެއްގޮތަށް ބީލަންހުށަހެޅުމުގެކަންތައް ކުރިޔަށް ގެންދެވުން އެދެމެވެ.
ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތް ޙަވާލުކުރުން |
2019 އެޕްރީލް 14 އިން 2019 އެޕްރީލް 18 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް. |
މަސައްކަތުގެ މަޢުލޫމާތާއި ސައިޓް ޗެކްކުރުން. |
2019 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހާ ހަމަޔަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން |
2019 އޭޕްރީލް 22 ވާ ހޯމަ ދުވަހުގެ 12:00 ގައި ށ.އަތޮޅު މަދަރުސާގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ކްލާސްރޫމްތަކުގައި މުށިޖެހުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. މި މަސައްކަތާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި މަދަރުސާގެ 6540059 ފޯނާގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަދި ދަންނަވެމެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމާއި ނަންނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ނަންނޯޓްކޮށް ބީލަންފޮތް ނުގެންދަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
06 ޝަޢުބާން 1440
11 އެޕްރީލް 2019