ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ އިޢުލާން ނަމްބަރ HR134/I/2019/04 ކެންސަލް ކުރުމަށްފަހު އެމަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
މެނޭޖަރ - އެޗް އާރ އެންޑް އެޑްމިނިސްޓްރޭޝަން |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ |
އަސާސީ މުސާރަ: |
9،000 ރުފިޔާ އާއި 10،750.00 ރުފިޔާ އާއި ދެމެދު |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60 |
ޝަރުޠު: |
|
މަޤާމްގެ މަސްއޫލިއްޔަތުތައް |
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިދާރީ އަދި މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން. - ކޫއްޑޫގެ ތަރައްޤީގެ ޕްލޭންތައް ހެދުމާއި، މުވައްޒަފުންގެ ތަމްރީނަށް ބޭނުންވާ ފަންނީ ހުނަރު ހޯދައިދިނުމަށް ރީޖަނަލް މެނޭޖަރގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން. - ކޫއްޑޫގެ އިދާރީ އެންމެހާ ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ރީޖަނަލް މެނޭޖަރަށް ލާފާއެރުވުން. - ކުންފުނީގެ ޕޮލިސީތައް ތަންފީޛް ކުރުމަށް އެހީތެރިވެދިނުން. - ކޫއްޑޫ ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ރީޖަނަލް މެނޭޖަރގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން. - މުވައްޒަފުންގެ ރިކްރިއޭޝަން ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން. - ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާމީހުން ކުންފުނީގެ ސީޔާސަތުތަކާއި އެއްގޮތަށް ހޯދުން. - މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް |
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން. ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ- މަސްވެރިކަމާއި ގުޅުންހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަން ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ރ. ހުށަހަޅާ ޕްރެޒެންޓޭޝަން. ބ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. ޅ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން. ކ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު. އ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން. |
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑް އޮފީހުގައެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. |
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ |
- އިންޓަރވިއު -------------%20 - ޕްރެޒެންޓޭޝަން------------%30 - ތަޢުލީމީ ފެންވަރު----------%20 - މަސައްކަތުގެ ތަޖްރިބާ------%30 |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް. - އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުން. އަދި ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ 18 އެޕްރީލް 2019 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން. |
- ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
11 އެޕްރީލް 2019