ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-A(B1)/INDIV/2019/1
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި:
14 އޭޕްރިލް 2019 10:30
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޯރކްޝޮޕެއްގެ ބައިވެރިންނަށް ކައްކާފަ ކާންދޭނެ ފަރާތެެއް ހޯދުން
އިޢުލާން
މޯލްޑިވްސް ކްލީން އެންވަޔަރމަންޓް ޕްރޮޖެކްޓް ޒޯން 4 އަދި 5 ގެ ސްޓޭކް ހޯލްޑަރސް ވަރކްޝޮޕްގެ ބައިވެރިންނަށް ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 16 އިން 17 އަށް ދ.ކުޑަހުވަދޫގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 2019 އޭޕްރީލް 14 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
11 އޭޕްރިލް 2019