ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބޭނުންވެއްޖެ
މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސަސް ޑިޕަރޓްމަންޓަށް ވޭޖް އެމްޕްލޯއިމަންޓު އުސޫލުގެ ދަށުން މަަސައްކަތްކުރާނެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެއްޖެއެވެ. މި ގޮތުން ވޭޖްއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ.
ބޭނުންވާ އަދަދު: 1 (އެކެއް)
ޝަރުތު: ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެެގެން "ސީ" ގްރޭޑް ލިބިފައިވުން.
މުސާރަ: ގަޑިއިރަކަށް ޖެހޭވަރު -/33 ރުފިޔާ
ރިސްކް އެލަވަންސް: މަސައްކަތަށް ހާޒިރުވާ ކޮންމެދުވަހަކަށް -/75 ރުފިޔާ
މުއްދަތު: 3 މަސް ދުވަސް
ވަޒީފާގެ މަސްއޫލިއްޔަތު:
- އަލަށް ވަޒީފާއަށް ވައްދާ ދިވެހި މުވައްޒަފުންނަށް ވަޒީފާއަށް އަހުލު ވެރިކުރުމުގެ ގޮތުން އިންޑަކްޝަން އަދި އޮރިއެންޓޭޝަން ޕްރޮގްރާމް ޓްރެއިނިންގ އެންޑް ޕަރފޯމާންސް މެނޭޖްމަންޓް ޔުނިޓާ ގުޅިގެން ހިންގުން.
- ދިވެހި މުވައްޒަފުންގެ ހާޒިރީއާއި ގުޅިގެން ހުށަހަޅާ ފޯމް، ސެޓްފިކެޓް އަދި އެހެނިހެން ލިޔުންތައް ގަވައިދުން ހުށަހަޅާފައިވޭތޯ ޗެކްކޮށް ހާޒިރީއާއި ގުޅިގެން ދިމާވާ މައްސަލަތައް ވެރިއެއްގެ ލަފާގެމަތިން އެޗް.އާރް ސިސްޓަމަށް އެންޓަރކޮށް ފޯމްތައް ގަވައިދުން ފައިލްކުރުން.
- މުވައްޒަފުން އެކިއެކި ކަންކަމުގައި އެކި ތަންތަނަށް ވީއްލާ މުވައްޒަފުންގެ ރިކޯޑްތަކާއި ލިޔެކިޔުންތައް ގަވައިދުން ބަލަހައްޓައި އަހަރީ ރިޕޯޓަށް ބޭނުންވާ ވީއްލާ (ތަމްރީން ފިޔަވައި އެހެނިހެން ބޭނުންތަކަށް) މުވައްޒަފުންގެ ރިޕޯޓުތައް ތައްޔާރު ކުރުން.
- ދިވެހި މުވައްޒަފުންނަށް ދޭންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރު ކުރުކޮށް ގަވައިދުން ހަވާލުކުރުމުގައި އެހީތެރިވެދިނުން.
- ދިވެހި މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ދިވެހި މުވައްޒަފުންގެ މަޢުލޫމާތު ހިމެނޭ ލިޔެކިއުންތައް 'ސީ.އެސް ވިއުގަ' އަށް ގަވައިދުން އެންޓަރ ކުރުމުގައި އެހީތެރިވެދިނުން.
- ހޮސްޕިޓަލުގައި 'ވޭޖް އެމްޕްލޮއިމަންޓް' ގެ ދަށުން ވަޒީފާ އަދާކުރާ މުވައްޒަފުންގެ ރިކޯޑުތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
- އިޢުލާން ކުރެވިގެން ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް އިންޓަރވިއުކުރުމުގެ ކަންތައްތަކުގައި އެހީތެރިވެދީ، މަގާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގެ މަސައްކަތްކަތުގައި ބައިވެރިވުން.
- ޔުނިޓުން ތައްޔާރު ކުރަންޖެހޭ މެމޯ، ލިޔުން، ފޯމު ފަދަ ލިޔެކިއުންތައް ތައްޔާރުކޮށް ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކަށް ފޮނުވުމާއި އެލިޔެކިޔުންތައް ގަވައިދުން ފައިލް ކުރުން.
- މީގެ އިތުރުންވެސް އެޗް.އާރް ޑިވިޜަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.
ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
- މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.
6 ޝައުބާން 1440
11 އޭޕްރިލް 2019 |