މަސައްކަތް
ނަންބަރު: (IUL)22-PU/22/2019/80
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 25 އޭޕްރިލް 2019 13:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1        ހުޅުމާލޭ ނެއިބާހޫޑް 2 ގައި  އިމާރާތް ކުރެވިފައިވާ މުޙައްމަދު ޤާސިމް ޕްރީ ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ

2        މި ޕްރޮޖެކްޓްގެ ބީލަން ފޮތް ވިއްކާނީ 15 އޭޕްރީލް 2019 އިން ފެށިގެން 25 އޭޕްރީލް 2019 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 ށް، މި މިނިސްޓްރީގެ ފައިނޭންސް ޑިވިޜަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ 150/- (އެއްސަތޭކަ ފަންސާސް) ރުފިޔާއެވެ.

3        މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 15,000/- (ފަނަރަ ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 150 ދުވަހެވެ.

4        މިޕްރޮޖެކްޓާއި ގުޅިގެން ޕްރީ ސްކޫލު ދައްކާލުން އޮންނާނީ2019 އޭޕްރީލް 25 ވާ ބަރާސްފަތި ދުވަހުގެ 14:00 ގައި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.

5        މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ2019 އޭޕްރީލް 28 ވާ އާދިއްތަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

6        ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ 2019 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 11:00މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 04 (ވެލާނާގެ 09 ވަނަ ފަންގިފިލާ) ގައެވެ.

7        އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341436, 3341403

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

11 އޭޕްރިލް 2019