ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2019/35
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 20:49
ސުންގަޑި: 28 އޭޕްރިލް 2019 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭ

އިޢުލާން

 

 

1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭ

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން 1440 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް 2019 އިން ފެށިގެން 28 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އެފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.

27 ރަޖަބް 1440

03 އޭޕްރީލް 2019

03 އޭޕްރިލް 2019