ދިވެހިރާއްޖެ
ނަންބަރު: A)AA-2019/168)
އިޢުލާން
ހއ. ފިއްލަދޫ ބައި-އިލެކްޝަން އާގުޅޭ ޝަކުވާ ހުށަހެޅުން
2019 އެޕްރީލު 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހއ.ފިއްލަދޫ ބައި-އިލެކްޝަނާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހއ.ފިއްލަދޫ ކައުންސިލްގެ އިދާރާ އާއި އިލެކްޝަންސް ކޮމިޝަނުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މިގޮތުން، ހއ.ފިއްލަދޫގައިނަމަ، ޝަކުވާ ހުށަހަޅުއްވާނީ ޝަކުވާ ހުށަހަޅާ ފޯމުން އިލެކްޝަންސް ކޮމިޝަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓަށެވެ. އަދި މާލޭގައިނަމަ، ޝަކުވާ ހުށަހަޅުއްވާނީ ޝަކުވާ ހުށަހަޅާ ފޯމުން އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) އަށެވެ. ޝަކުވާތައް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 03:00 އަށެވެ. ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 02:00 އިން ހަވީރު 05:00 އަށެވެ. އަދި ވޯޓުލާ ދުވަހު، ޝަކުވާ ބަލައިގަންނާނީ ހެނދުނު 07:30 އިން ހަވީރު 6:00 އަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ، ހއ.ފިއްލަދޫ ކައުންސިލް އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޝައުބާން 1440