ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/55
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 17:22
ސުންގަޑި: 18 އޭޕްރިލް 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް

އިޢުލާން

މަޤާމް:

ޑިރެކްޓަރ ޖެނެރަލް، ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް

މަޤާމުގެ ނަންބަރު:

J-300841

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ޑިޕާޓްމަންޓް / ސެކްޝަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/13,890 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ޓެކްނިކަލް ކޯ އެލަވަންސް: /-3889.20 ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓްގެ އެންމެހައި ކަންތައްތައް ރާވާ، ލަފާދީ، މިނިސްޓްރީގެ ޕޮލިސީ އަދި ސްޓްރެޓަޖިކް އާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.

2. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތު ކަނޑައަޅައި، ތަރައްޤީކޮށް ކުރިއެރުވުން.

3. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި، ކޯޑްތަކާއި، ސްޓޭންޑަރޑްތައް ހަދައި، ބަލަހައްޓައި، ހިންގުން.

4. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލިމުގައި މަޝްވަރާދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސްޓްރަކޝަން އިންޑަސްޓްރީގެ ކަންތައްތައް ބަލަހައްޓައި، ހިންގުން. 

5. ކޮންސްޓްރަކްޝަން ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލަހައްޓައި، ކުރިއެރުވުން. މީގެތެރޭގައި، ކޮންޓްރެކްޓިންގ އަދި ކޮންސަލްޓިންގ ފަދަ ޚިދްމަތްދޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދިނުން ހިމެނެއެވެ.

6. ދެމެހެއްޓެނެވި ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރުވައި، ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުން.

7. ކޮންސްޓްރަކްޝަނާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން އުފައްދައި، ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، މި ކަމާގުޅޭ މަޢުލޫމާތު އާންމުކުރުން.

8. ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ އެކަށޭނެ މީހުންނާއި، ޓެކްނޮލޮޖީ އުފައްދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާއި އިންޑަސްޓްރީއާ ގުޅިގެން މަސައްކަތް ކުރުން.

9. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތަކަށް ޢަމަލު ކުރަމުންދޭތޯ ބަލަމުން ގެންދިއުން.

10. ޑިޕާރޓްމަންޓްގެ އެންމެހާ އިދާރީ ކަންތައްތައް ރާވާ ހިންގުން.

11. ޑިޕާރޓްމަންޓުން ކުރަންޖެހޭ އިންސްޕެކްޝަން އަދި މޮނީޓަރިންގ މަސައްކަތްތައް ރާވާ ހިންގުން.

12. ޑިޕާރޓްމަންޓްގެ މުވައްޒަފުންނާއި ބެހޭ އެންމެހާ ކަންކަން ޤަވާޢިދާ އެއްގޮތަށް ބަލަހައްޓާ ހިންގުން.ޑިޕާރޓްމަންޓުން    

މަޤާމުގެ ޝަރުޠުތައް:

1. ކޮންސްޓްރަކްޝަން / އާރކިޓެކްޗަރ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދިތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން / އާރކިޓެކްޗަރ ގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ކޮންސްޓްރަކްޝަން / އާރކިޓެކްޗަރ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން / އާރކިޓެކްޗަރ ގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

20

25

5

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން/ ޕްރެކްޓިކަލް

50

20

50

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އެޕްރީލް 21 އާއި 2019 މެއި 09 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004134 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނަށެވެ.

05 ޝައުބާން 1440

10 އޭޕްރިލް  2019

10 އޭޕްރިލް 2019