ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2019/52
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 16 އޭޕްރިލް 2019 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު :1

މުސާރަ:

-/6580 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/5264 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

-/6000ރ - -/8500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިޕްލޮމާ ހާޞިލް ކޮށްފައިވުން.

ނުވަތަ

- ޖީ.ސީ.އީ އޭލަވަލް ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި އެކު ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގެ ހަރުމުދަލުގެ ލިސްޓް އަޕްޑޭޓް ކޮށް އިންޝުއަރެންސް ކުންފުނިތަކަށް މައުލޫމާތު ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ކުންފުނީގެ އިންޝުއަރެންސް ޕޮލިސީތައް އަހަރުން އަހަރަށް އާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕްރޮކިޔުމަންޓް ޑިޕާޓްމަންޓާއި ގުޅިގެން ކުރިއަށް ގެންދިޔުން.

- އިންޝުއަރެންސް ޕޮލިސީތަށް އާކުރުމަށްފަހު މުއްދަތުހަމަވުމުގެ ކުރިން ޙަވާލުކުރަންޖެހޭ ޑިޕާޓްމަންޓްތަކަށް ޙަވާލުކުރުން.

- ވެހިކަލްތަކާއި ވެސެލްތަކުގެ އަހަރީ ފީ މުއްދަތު ހަމަވުމުގެ ކުރިން ދައްކައި، ހޯދަންޖެހޭ ސްޓިކަރތަށް ހޯދުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓްތަކަށް ޙަވާލުކުރުން.

- ވެހިކަލްތަކާއި ވެސެލްތަކުގެ ރަޖިސްޓްރީ ކޮޕީތަކާއި އަހަރީ ފީ ދެއްކިކަމުގެ ރަސީދުތައް ފައިލްކޮށް ބެލެހެއްޓުން.

- އިންޝުއަރެންސް ޕޮލިސީތަކަށް އަހުލުވެރިވެ ޕޮލިސީތަކުގެ ލޮގް ހަދައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ފައިލްކޮށް ބެލެހެއްޓުން.

- އިންޝުއަރެންސް ޕްރިމިއަމް ޕޭކުރުމަށްޓަކައި، ހޯދަންޖެހޭ ބިލްތަކާއި، އެޕްރޫވަލްތައް ހޯދައި ޙިދުމަތް ލިބުނުކަމަށް ޑިޕާޓްމަންޓްގެ ވެރިޔާގެ ސޮއިކޮށް ފައިނޭންސް ޕޭމަންޓް ސެކްޝަނަށް ފޮނުވުން. 

- ދިމާވާ އެކްސިޑެންޓް، އިންސިޑެންޓް ތަކުން ލިބޭގެއްލުން ކުޑަކުރުމުގެ ގޮތުން ކުންފުނިން ނަގައިފައިވާ ޕޮލިސީތަކުގެ ދަށުން އިންޝުއަރެންސް ކުންފުނިން ބަދަލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަސްކޮށް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ދަސްކޮށް އަހުލުވެރިވުން.

- ކުންފުނީގެ އިމާރާތްތަކާއި އެކިއެކި އިކުއިޕްމަންޓް މެޝިނަރީޒް އަދި ކަނޑުއުޅަނދުތަކާއި އެއްގަމު އުޅަނދުތަކަށް ނުވަތަ ކުންފުނީގެ ހަރުމުދަލަކަށް ލިބޭ ގެއްލުންތަކުގެ ބަދަލުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ ޑިޕާޓްމަންޓްތަކާއި ގުޅިގެން ކުރުމާއި އެފަދަ ހާލަތްތަކުގައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދައި އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

- އަލިފާނުގެ ހާދިސާ އެއް މެދުވެރިވެއްޖެ ހާލަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ރިޕޯޓްތައް ހޯދައި އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.

- ކުންފުނީގެ ވެހިކަލެއް އެކްސިޑެންޓް ވެއްޖެ ހާލަތެއްގައި ތާރޑްޕާޓީ އިންޝުއަރެންސް ޕޮލިސީގެ ދަށުން ކްލައިމް ކުރުމަށްޓަކާ ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް އެކަމަށް ކަނޑައެޅިފައިވަ ދައުލަތުގެ މުއައްސަސާ (މޯލްޑިވްސް ޕޮލިސް ސާރވިސަސް) އަދި ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާ ފަރާތްތަކާއި، ކުންފުނީގެ ކަމާއިބެހޭ ޑިޕާޓްމަންޓްތަކާއި ގުޅިގެން ހޯދައި އިންޝުއަރެންސްއަށް ފޮނުވުމާއި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

- ކުންފުނީގެ މުދާ ފިޔަވައި އެހެން ފަރާތްތަކުގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު އިންޝުއަރެންސްއަށް ފޮނުވުމާއި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

- ބަދަލު ހޯދުމަށް ހުށަހެޅިފައިވާ ކްލައިމްތަކުގެ ޝެޑިޔުލް ހަދައި ހަފްތާއިން ހަފްތާއަށް އަޕްޑޭޓްކޮށް މަދުވެގެން ހަފްތާއަކު އެއްފަހަރު ހެޑް އޮފް ޑިޕާޓްމަންޓްއަށް ފޮނުވުން.

- މިކުންފުނީގެ މުވައްޒަފުންނަށް ނަގާފައިވާ ހެލްތް އިންޝުއަރެންސް ސްކީމާއި ގުޅޭގޮތުން ކުލައިމް ކުރުމަށްޓަކާ މުވައްޒަފް ބޭސް ސިޓީތަކާއި، ބިލްތަކުގެ އަސްލު ގެނައުމުން ކުލައިމް ފޯމް ފުރުމަށްފަހު އިންޝުއަރެންސް ކުންފުންޏަށް ފޮނުވައި، ކުލައިމްތަކުގެ ސްޓޭޓަސް ދުވަހުން ދުވަހަށް ބަލައި ލޮގްކޮށް، ކަމާއިބެހޭ ލިޔެކިޔުންތަށް ފައިލްކޮށް ބެލެހެއްޓުން.

- ބަދަލު ދިނުމަށްޓަކައި އިންޝުއަރެންސް ކުންފުނިން ނިންމާ ޗެކް ފޮނުވުމުން މެމޯ އަކާއި އެކު ކުންފުނީގެ އެކައުންޓަށް ޖަމާކުރުމަށްފަހު މުވައްޒަފުންނަށް ބަދަލު ދިނުމަށްޓަކައި ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން. އަދި މުވައްޒިފުންނަށް ބަދަލު ދެވިފައިވާކަން ކަށަވަރުކުރުން. 

މަސައްކަތް ކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

ފައިނޭންސް ޑިޕާޓްމަންޓް / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވަޒީފާތަކަން އެދި ހުށައަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށައަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ވަޒީފާގައި އުޅުނުކަމުގެ  ލިޔެކިޔުންތައް

ސުންގަޑި:

2019 އެޕްރީލް 16ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން

ފޯރމް ހުށަހަޅަންޖެހޭ އޮފީސް:  

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަން ކައުންޓަރަށް.

ފޯން: 3329339 ފެކްސް: 3325293  އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

10 އޭޕްރިލް 2019