މަސައްކަތް
ނަންބަރު: E9C-A/2019/06
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 30 އޭޕްރިލް 2019 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި، ކުޑަދޮރުތަކާއި ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި، ކުޑަދޮރުތަކާއި ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދޭނެ ފަރާތެއް ހޯދުން

     މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި، ކުޑަދޮރުތަކާއި ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް، މިކޯޓުންކުރި ނަންބަރު: E9C-A/2019/05 (04 އޭޕްރީލް 2019) އިޢުލާނާއި ގުޅިގެން، އެކަށީގެންވާވަރުގެ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު  ހުޅުވާލަމެވެ.

     ވީމާ، މިކޯޓުގެ މައިދެދޮރު ބަދަލުކުރުމާއި، ކުޑަދޮރުތަކާއި ފެންލައިޓުތަކުގައި ދަގަނޑު ފުރޭމު ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 17 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00 ށް މިކޯޓަށް ވަޑައިގެން މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  30 އޭޕްރީލް 2019 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ޕޮއިންޓްދޭނެ އުޞޫލު:

1- މަސައްކަތުގެ އަގަށް 70 ޕޮއިންޓް (އެންމެ ގިނަ ޕޮއިންޓް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް)

2- މަސައްކަތުގެ މުއްދަތަށް 05 ޕޮއިންޓް (އެންމެ ގިނަ ޕޮއިންޓް އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް)

3- މަސައްކަތުގެ ތަޖުރިބާއަށް 25 ޕޮއިންޓް (ވޭތުވެދިޔަ 2018 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް މަސައްކަތް ކުރުވިފަރާތުން ދީފައިވާ ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު އެންމެ ގިނަ ޕޮއިންޓް)

     ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

 

10 އޭޕްރީލް 2019

 

10 އޭޕްރިލް 2019