މަސައްކަތް
ނަންބަރު: (IUL)438/1/2019/14
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 28 އޭޕްރިލް 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ވިޒިޓަރސް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު 

އައްޑޫ ސިޓީގެ ވިޒިޓަރސް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބަލަހައްޓަމުންދާ އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގެ (އައްޑޫ ސިޓީ، ހިތަދޫ، އީދިގަލި މަގު) މަރާމާތެއް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަން ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 24 އޭޕްރިލް 2019 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހު 10:00 ގައި، އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރ ސެންޓަރުގައެވެ. (އައްޑޫ ސިޓީ، ހިތަދޫ، އީދިގަލި މަގު)

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، [email protected]  އީ-މެއިލް އެޑްރެހަށެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 އެޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަސް ކަމުގައިވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

އައްޑޫ ސިޓީގެ ވިޒިޓަރސް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު ނަންބަރު:IUL)438/1/2019/14)

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ.

10 އޭޕްރިލް 2019