ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/52
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 18 އޭޕްރިލް 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ

މަޤާމް :ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ކޮންޓްރެކްޓުގެ މުއްދަތު:

3 މަސްދުވަސް (މީލާދީ)

ޑިޕާޓްމަންޓް / ސެކްޝަން:

ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސެކްޝަންގެ މަސައްކަތްތައް ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނަވާ އިސްވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.

2. ދަޢުލަތުގެ ބަޖެޓުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިކަތުންނާއި ބޭރުގެ އެހީގައި ސަރުކާރުގެ އިދާރާތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި މަޝްރޫއުތަކާއި، ކޮންޓްރެކްޓް އެޑިމިނިސްޓްރޭޝަނާގުޅޭ އެންމެހާ މަސައްކަތްތައް ހިގާނުހިގާގޮތް ބަލާ، އެ ޕްރޮޖެކްޓް ނުވަތަ ޕްރޮގްރާމް ހިނގަނީ ކަނޑައެޅިފައިވާ މިންގަޑާއެއްގޮތައްތޯ ބެލުން.(މީގެތެރޭގައި މަޝްރޫއުގު ސްކޯޕްއާއި، ބެޖެޓާއި، މުއްދަތާއި އަދި ލަނޑުދަނޑި ހާސިލްވޭތޯ ބެލުން ހިމެނެއެވެ.

3. މަޝްރޫއުތައް ކުރިއަށްދާ މިންވަރު ބަލާ ވަޒަންކުރުން. މިގޮތުން މަޝްރޫއުތައް ކުރިއަށްދާ މިންވަރު ފާހަނގަކުރުމާއިއެކު މަޝްރޫއުތަކުގައި ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުމާއި އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ސެކްޝަން ހިންގެވުމާއި ހަވާލުވެހުންނަވާ އިސްވެރިއަކަށް ރިޕޯޓްކުރުން.

4. މަޝްރޫއުތައް އެކުލަވާލުމުގައި ބައިވެރިވެ ކަނޑައެޅޭ މަސައްކަތްތައް ކުރުން. އަދި މަޝްރޫއުތަކުގައި ބައިވެރިވާ ފަރާތްތައް (ސްޓޭކް ހޯލްޑަރސް) އާއެކު ބައްދަލުވުންތައް ބާއްވާ ޕްރޮގްރާމްގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުން.

5. ސެކްޝަނުގެ މަސައްކަތަކާއި ގުޅޭ ގޮތުން ބާއްވާ ވާކްޝޮޕް/ ސެމިނަރ/ތަމްރީން ޕްރޮގްރާމް ފަދަ ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރުމާއި އެފަދަ ޖަލްސާތަކުގައި ބައިވެރިވުން.

6. ޕްރޮގްރާމްއާއި ޕްރޮޖެކްޓްތަކާގުޅިގެން ސަރުކާރުގެ އެކިފާތްތަކާއެކު ބާއްވާ އެކިއެކި އިވެލުއޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ އިންޕުޓް ދިނުން.

7. އެކުގައި މަސައްކަތްކުރާ ޔުނިޓް އެހެން މުވައްޒަފުންނަށް މަސައްކަތުގެ ތަމްރީނާއި ތަޖްރިބާއިން ފޯރުކޮށްދިނުން.

8. ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، އަދި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.

9. ޑިވެޝަންގެ އަހަރީ ބެޖެޓް ތައްޔާކުރުމާއި، އަދި އަހަރު ރިޕޯޓް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.

10. ސެކްޝަންގެ ފަރާތުން ކެޕޭސޓީ ބިލްޑްކުރުމަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

11. ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކޮށް ވަޒީފާއާއި ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. ޕްރޮޖެކްޓް މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ޕްރޮޖެކްޓް މެނޭޖްމަންޓް ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

30

35

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އެޕްރީލް 21 އާއި 2019 އެޕްރީލް 30 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004134 ނަންބަރު ފޯނަށް ނުވަތަ 3004379 ނަންބަރު ފޯނަށެވެ.

05 ޝައުބާން 1440

10 އޭޕްރިލް 2019

10 އޭޕްރިލް 2019