މަސައްކަތް
ނަންބަރު: (IUL)321-A/321/2019/55
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 11 އޭޕްރިލް 2019 11:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

                                ނަމްބަރު:(IUL)321-A/321/2019/55 

އިޢުލާން

ތުޅާދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

 

       ތުޅާދޫގައި ޤާއިމް ކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)321-A/321/2019/45 (24 މާރިޗު 2019) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގެންނެވީ 02 ފަރާތުން ކަމަށްވާތީ، ޙަވާލާ ދެވިފައިވާ އިޢުލާނު ބާޠިލްކޮށް، އަލުން ތިރީގައި މިދަންނަވާތަކެތި، މި އިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

  • 15 ބެންޗް ލަކުޑި
  • 02 ހަރު  ދަގަޑު (ކިޑްސް ސްވިންގ)
  • 02 ހަރު ދަގަޑު (

       ވީމާ، މި ތަކެތި ހަދައި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11 އޭޕްރީލް 2019 (ބުރާސްފަތި)

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން

16 އޭޕްރީލް 2019 (އަންގާރަ)

11:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

       އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ތަކެތި ހަދައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއަންދާސީ ހިސާބާއެކު ހުށަހަޅާންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600006 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04   ޝަޢުބާން    1440

09 އޭޕްރިލް 2019